މާލިއްޔަތު ކޮމިޓީ.. ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
17 Feb 2025 | 19:48
ދައުލަތުގެ ހަރަދުތައް ކުޑަކުރަންޖެހޭއިރު، ހަރަދުތައް ކުޑަވާތަނެއް ނުފެނޭ: ނާޒިމް

ދައުލަތުގެ ހަރަދުތައް ކުޑަކުރަންޖެހޭއިރު، އަދިވެސް ހަރަދުތައް ކުޑަވާތަން ނުފެންނަކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ދައުލަތުން ކުރަމުންދާ ހަރަދުތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އެތައް ފަހަރަކު ފާހަގަކުރިނަމަވެސް މިއަދާހަމަޔަށް އާއިއރުވެސް އެކަން އެމަގުން ހިނގަމުންދާތަން ނުފެންނަކަމަށެވެ. ނާޒިމް ވިދާޅުވީ ރާއްޖޭގެ އިޤްތިސާދު ރަނގަޅުވަމުންދާތަން ނުފެންނަކަމަށާއި، އިޤްތިސާދު ރަނގަޅުވަމުންދާ މަންޒަރު ނުފެންނަ ތަނުގައި ހަރަދުތައް ކުޑަކުރާތަންވެސް ނުފެންނަކަމަށެވެ.

އާސަންދައިގެ ހަރަދުތައްވެސް ކަނޑައެޅި މިންގަނޑުން ނައްޓާފައިވާކަން މި ބައްދަލުވުމުގައި ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. 

އާސަންދައިގެ ހަރަދުތައް މިވަނީ ތިން ބިލިއަނުން ނައްޓާފައި. މިއީ މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ 10 އިންސައްތައާ ގާތްކުރާ އަދަދެއް

ނާޒިމް ވިދާޅުވިއެވެ

ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާ މިންވަރާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ އާމްދަނީ ހޯދުމަށް މިދިޔަ އަހަރުކުރެވުނު ހުރިހާކަމަކުންވެސް ލިބުނީ 34 ބިލިއަން ރުފިޔާ ކަމަށާއި، ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ނިސްބަތުން ދަށަށް ހިނގައްޖެ ކަމަށެވެ. ދައުލަތުގެ އާމްދަނީ ދަށަށްދިޔައިރު، ކަމާބެހޭ މުއައްސަސާއިން އެކަން އެހެން ވާންޖެހުނު ސަބަބު ސާފުކޮށް ބުނެދެވިފަނުވާކަމަށްވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން ޑޮލަރު މާރުކުރުމުގައި އައު އުސޫލެއް ހަދައި ޑޮލަރު މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތްކުރިނަމަވެސް ހަރަދުތައް ކުޑަނުކުރާނަމަ ރަނގަޅުވާނެގޮތެއް އެއީ ހަމަ ނެތްގޮތެއްކަމަށެވެ. 

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގައި އަދިވެސް ފިޔަވަޅުތަކެއް އެޅެމުން ނުދާކަން މަޖިލީހުގެ ނައިބުރައީސް ނާޒިމް ފާހަގަކުރެއްވިއިރު، އެމްޑީޕީ ސަރުކާރުގެ މާލީ ވަޒީރު އިބްރާހިމް އަމީރުވެސް ވަނީ ރާއްޖޭގެ މާލީހާލަތު ރަނގަޅުކުރާނޭކަމަށް ސަރުކާރުން ވައުދުވިނަމަވެސް، އަދި މިހާތަނަށް އެފަދަ އެއްވެސް ކަމެއް ކުރާތީ ނުފެންނަކަމަ ވިދާޅުވެފައެވެ.

މިދިޔަ އަންގާރަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވެފައިވަނީ، ރައްޔިތުންނަށް ދެމުންދާ ސަބްސިޓީތައް މުރާޖައާކޮށް ސަބްސިޑީ އޭގެ ހައްޤުވެރިންނަށް ދިނުމާއި، ދައުލަތުގެ ބައިތުލްމާލަށް ނުލިބިވާ ފައިސާ ހޯދުމާއި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަކީ މި ސަރުކާރުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ވީ ވައުދުތައްކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.