ހޯމް މިނިސްޓަރު އަލީ އިހުސާން
ހަބަރު
17 Feb 2025 | 20:35
އިހުސާންގެ އިތުބާރުގެ މައްސަލަ: ޖަވާބުދާރީވާން އެއް ގަޑިއިރު!

ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް ހުށައަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވާން އެއް ގަޑިއިރު ދިނުމަށް އާންމު ކޮމެޓީން މިއަދު ނިންމައިފި އެވެ.

އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އިދިކޮޅު އެމްޑީޕީންނެވެ. އެ މައްސަލާ ގައި އެ ޕާޓީގެ 12 މެންބަރަކު ވަނީ ސޮއިކޮށްފައިވެ އެވެ. މައްސަލަ ހުށައަޅަމުން އެ ޕާޓީން ބުނީ މިނިސްޓަރު އިހުސާނަކީ މަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށާ މިދިޔަ މުއްދަތުގެ ތެރޭގައި ވަޒީރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ކުރައްވާފައިވާ ކަމަށެވެ. އެންމެ ބޮޑު މައްސަލަ އަކަށް ފާހަގަ ކޮށްފައި އޮތީ ހޯމް މިނިސްޓްރީގެ ދަށުގައި އޮތް ޑީއެެންއާރުގެ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފޯމް ފުރި މައްސަލަ އެވެ.

އެމްޑީޕީން ހުށައެޅި މައްސަލައާ ގުޅިގެން އާންމު ކޮމެޓީ އެއްވެ މިއަދު ވަނީ މިނިސްޓަރު އިހުސާންގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅާފަ އެވެ. މައްސަލަ ކުރިއަށް ގެންދަން ކަނޑައެޅީ ދެ ގަޑިއިރުގެ ވަގުތެކެވެ. އޭގެ ތެރެއިން އެއް ގަޑިއިރު ކަނޑައެޅީ ޖަވާބުދާރީވުމަށް މިނިސްޓަރު އިހުސާނަށް ފުރުސަތު ދިނުމެވެ. އަނެއް ގަޑިއިރު އެއީ ބަހުސަށް ހުޅުވާލުމާއި މެންބަރުންގެ ސުވާލުތަކަށް ފުރުސަތު ދިނުމެވެ.

ރައްޔިތުން މަޖިލީސް މިހާރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، މަޖިލީހުގެ ސުޕަ މެޖީރިޓީއަކީ ސަރުކާރު ހިންގާ ޕީއެންސީއެވެ. އެހެން ކަމުން އިހުސާން މަގާމުން ވަކިކުރުމަކީ އެމްޑީޕީގެ މެންބަރުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.