ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
18 Feb 2025 | 11:52
ސަރުކާރުން ހުށަހެޅި ގޮތަށް މުސާރަތައް ކުޑަ ނުކުރެވޭނެ ކަމަށް ކޮމިޓީން ނިންމައިފި

ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން، ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަަތައް ކުޑަކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވާފައިވާ އިގްތިސާދީ އިސްލާހުތަކުގެ ތެރޭގައި މުސާރައަށް ގެންނަން ނިންމެވި ބަދަލު ތަކަކީ:

• ސިޔާސީ މަގާމުތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރުން

• ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ (ބޭންކުތައް ފިޔަވައި) މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކޮށް، އެތަން ތަނުގެ އިސްވެރިންގެ މުސާރަ 90،000 ރުފިޔާގައި ހިފެހެއްޓުން

• މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުން

• ޝަރުޢީ ދާއިރާގެ އޮފިޝަލުންނާއި މަޖިލިސް މެންބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުން

• ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ މުސާރަ 50 އިންސައްތައިން ދަށްކޮށް، 100،000 ރުފިޔާއިން 50،000 ރުފިޔާއަށް ކުޑަކުރުން

ނަމަވެސް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވީ، ގިނަ މުވައްސަސާތަކާއި މުސްތަގިއްލު މުވައްސަސާތަކުގެ އަސާސީ މުސާރައިން %10 މުސާރަ އުނި ކުރެވޭނީ ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމަށާއި، އެއް ގިންތިއެއްގެ މަގާމުތަކާއި މުސާރަތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމެޓީގެ ޒިންމާއަކަށްވާއިރު، ގާނޫނުތަށް ބަދަލު ނުގެނެސް މުސާރަ އުނި ކުރުމަށް ކޮމެޓީން ނިންމުމަކީ އިންސާފުވެރި އަދުލުވެރި ގޮތެއް ނޫން ކަމަށް ފެންނަ ކަމަށެވެ.

"މަޖިލީސް މެންބަރުންނާއި، ޝަރުއީ ދާއިރާގެ އިސްވެރިންނާއި، މިނިވަން މުވައްްސަަސަތަކާއި، މުސްތަގިއްލު މަގާމުތަކާއި އަދި ރައްޔިތުން މަޖިިލީހުން ކަނޑައަޅަން ޖެހޭ އެހެނިހެން މަގާމުތަކުގެ އަސާސީ މުސާރައިން %10 އުނި ކުރަން މިވަގުތު ނުފެންނަ ކަމަށް ރައީސަށް ލަފާ ދިނުމަށް، އަދި މިނިވަން މުވައްސަސާތަކުގެ ތެރޭގައި އެމްއެމްސީ އެއްކޮށްލައިފިނަމަ، އެފިޝެންސީ އިތުރު ކުރެވި ހަރަދުތައް ބޮޑުތަނުން ކުޑަ ކުރެވޭނެ ކަމަށް ކޮމެޓީއަށް ފެންނަ ކަމަށް، އަދި މި މުވައްސަސާތަކުގެ އިތުރުން، އެއްކޮށްލައިގެން ސިނާޖީ ހާސިލް ކުރެވޭނެ އެހެނިހެން މުވައްސަސާތައް ދެނެގަނެ އެ މުވައްސަސާތައް އެއްކޮށްލުމަށް ގާނޫންތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަސްކޮށް، އެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ތަންފީޒުކުރެވިއްޖެ ނަމަ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެދެވޭ ހައްލެއް ނެރެވޭނެ ކަމަށް ކޮމިޓީއަށް ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް.“ މަމްދޫހު ވިދާޅުވިއެވެ. 

މި ހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.