ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަތީ ތަޢުލީމަށް ތަމްރީނުކުރުން ފަށައިފި--ފޮޓޯ: އައިޔޫއެމް
ހަބަރު
18 Feb 2025 | 12:20
މަޖިލީސް މެންބަރުން އައިޔޫއެމްގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވަނީ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި ރައްޔިތުންގެ މަޖްލިސް ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ޝަރީއާއާއި ގާނޫނީ ދާއިރާއިން ތަމްރީނު ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމުގައި އެއް އަހަރު ދުވަހުގެ އެޑްވާންސް ސެޓްފިކެޓް އިން ޝަރީއަތް އެންޑް ލޯ ކޯހެއް ހިމެނެއެވެ. އަދި މަޖިލިސް މެންބަރުންނަށް ހާއްސަކޮށް ޝަރީއަތާއި ގާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޕްރޮގްރާމެއް އެކުލަވާލަމުންދާކަން ވެސް އައިޔޫއެމްއިން ވަނީ ބުނެފައެވެ.

އައިޔޫއެމްގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖްލިސްގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ 20 ވަނަ ރައްޔިތުންގެ މަޖްލިސް, އިލްމީ މަސައްކަތްތަކުގައި ބައިވެރިވާ މަތީ ތައުލީމީ އަދި ފިކުރީ ގާބިލް މެންބަރުން ހިމެނޭ ނަމޫނާ މަޖިލީހަކަށް ބަދަލުކުރުން ކަމަށެވެ. މި ތަޞައްވުރަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އުންމީދުތަކާ އެއްގޮތްވާ ތަޞައްވުރެއްކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީސް މެންބަރުންނަށް ތަމްރީން ދެއްވުމަށް އައިޔޫއެމްއަށް ލިބުނު ފުރުސަތަށްޓަކައި  ޔުނިވާސިޓީގެ  އެކްޓިން ޑެޕިއުޓީ ވައިސް ޗާންސެލަރ އޮފް އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަޙްމަދު އަމީން މުޙައްމަދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވަނީ މި ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ބާ ކައުންސިލް އޮފް މޯލްޑިވްސް އިން ވެސް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ކޯހެއް ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.