ސްރީލަންކާ ސަރުކާރު މުއައްޒަފުންތަކެއް... ފޮޓޯ: އޮންލަންކާ
ހަބަރު
18 Feb 2025 | 13:34
ސްރީލަންކާ ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ!

ސްރީލަންކާ ސަރުކާރުގެ އެންމެ ދަށް މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރަ ބޮޑުކުރަން، މިއަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ.

ލަންކާގެ މިއަހަރުގެ ބަޖެޓް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އިއްޔެ ހުށަހަޅުއްވަމުން ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ ވިދާޅުވީ، ސަރުކާރުގެ އެންމެ ކުޑަ އަސާސީ މުސާރަ 24،250 އިން 40،000 އަށް ބަދަލުކުރާނެކަމަށެވެ. މިކަން ކުރާނީ 3 ފިޔަވައްސަކަށް ބަހާލައިގެންކަމަށްވެސް ޑިސަނަޔަކަ ވިދާޅުވިއެވެ. ބޮޑުކުރި މުސާރަ ދިނުމަށް، މިއަހަރުގެ ބަޖެޓްގައި 110 ބިލިއަން ލަންކާ ރުޕީޒް ވަނީ ހިމަނާފައެވެ.

އިގްތިސާދީ ބޮޑު އަނދަވަޅަކުން ލަންކާ ނަގައި ކޮޅަށް ޖެހުމަށް ޑިސަނަޔަކަގެ އެން.ޕީ.ޕީ ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އެމަސައްކަތުގައި މިއަހަރުގެ ބަޖެޓް މުހިއްމު ދައުރެއް އަދާކުރާނެއެވެ.

ބަޖެޓްގެ އެހެން ބައެއް އުސްއަލިތަކަށް ބަލާއިރު، ސައިފަތްދަނޑުތަކުގައި މަސައްކަތްކުރާ މީހުންގެ ދުވަހު މުސާރަ 1700 ރުޕީޒްއަށް ހެދުމަށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2019 ވަނަ އަހަރުގެ ނިޔަލަށް ރިޓަޔަރކޮށްފައި ތިބި އެންމެންގެ ޕެންޝަންވެސް ތިން ފިޔަވައްސަކަށް ބަހާލައިގެން ބޮޑުކުރާގޮތަށް ވަނީ ނިންމާފައެވެ. ޓެކްސްގެ ނިޒާމް ހަރުދަނާކޮށް، ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް މުޅި ނިޒާމް ޑިޖިޓަލައިޒް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މިއަހަރުގެ ސްރީލަންކާގެ ޤައުމީ ދުވަސް ފާހަގަކުރުމަށް 300 މިލިއަން ރުޕީޒްގެ ބަޖެޓެއްވެސް ވަނީ ކަނޑައަޅާފައެވެ. އާޓިސްޓުންނަށާއި ނޫސްވެރިންނަށް ޚާއްސަކޮށް، ޗައިނާ ސަރުކާރުގެ މާލީ އެހީގައި ކޮއްޓާވާގައި 108 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް ޑިސަނަޔަކަ ވަނީ ގާނޫނު ހަދާ މަޖިލީހުގައި އިއުލާންކުރައްވާފައެވެ.

މީގެ އިތުރުން ޑިސަނަޔަކަ ވިދާޅުވީ ޕްރައިވެޓް ސެކްޓަރއާއެކު ކުރެވުނު މަޝްވަރާތަކުގައި، އަސާސީ މުސާރަ 21،000 އިން 27،000 އަށް މިއަހަރުގެ އެޕްރީލްގެ ނިޔަލަށް ބޮޑުކޮށްދީ، އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން 30،000 ރުޕީޒްއަށް ބޮޑުކޮށްދިނުމަށް ޕްރައިވެޓް ސެކްޓަރއިން ސަރުކާރަށް ޔަގީންކަން ދީފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.