ސަލަފުން މީގެކުރިން އަންހެނުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމެއް... ފޮޓޯ: ސަލަފް
ހަބަރު
18 Feb 2025 | 19:18
ސަލަފުގެ "ރޯދަ ކަނބަލުން" ވޯކްޝޮޕް: ރަނުގެ ފުރުސަތެއް

ޖަމިއްޔަތުއް ސަލަފުން "ރޯދަ ކަނބަލުން" ނަމުގައި ހާއްސަ ވޯކްޝޮޕެއް ބާއްވަންް ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

މިއީ އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ "ޖަވާހިރު" ސިލްސިލާގެ ޕްރަގްރާމްތަކުގެ ތެރެއިން ހިންގާ ވޯކްޝޮޕެކެވެ. ސަލަފުން ބުނި ގޮތުގައި 15 އަހަރުން މަތީގެ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕުން ރަމަޟާން މަހަށް‎ އިސްތިގުބާލު ކުރާނީ ކިހިނެއްކަމާއި އެ މައްސަރުގެ މާތްކަމާއި މަތިވެރިކަން ހާސިލުކުރެވޭނެ ގޮތްތަކާއި މުސްލިމު ކަނބަލެއްގެ ހައިސިއްޔަތުން އެ މައްސަރުގައި އުޅުމާއި ގުޅުން ‎ބަހައްޓަން ޖެހޭނެ ގޮތްތައް އެނގިގެންދާނެ އެވެ. އަދި ރޯދަމަހުގެ ދުވަސްތަކާއި ރޭތަކުގެބަރަކާތް އެންމެ ފުރިހަމަގޮތުގައި ހާސިލުކުރެވޭނީ ކިހިނެއް ކަންކަން‎ އިންތިޒާމުކޮށްގެންކަން ކިޔައިދޭނެ އެވެ.

މި ވޯކްޝޮޕް ކުރިއަށްގެންގޮސް ދޭނީ މައްކާގެ އުއްމުލްޤުރާ ޔުނިވާސިޓީން ފުރަތަމަ ޑިގްރީ އާއި ‎މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ އަދި މިހާރު ދިވެހިރާއްޖޭގެ އިސްލާމީޔުނިވާސިޓީން ޕީއެޗްޑީ ހާސިލު ކުރަމުންގެންދާ އައްޝައިޚާ އާއިޝަތު‎ ރީމާ އެވެ. ރީމާ ވަނީ މީގެ ކުރިންވެސް ސަލަފުން ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ އެކިއެކި ސެޝަންތައް ނަގައިދީފަ އެވެ.

ސަލަފް "ރޯދަ ކަނބަލުން" ޕޯސްޓަރު

‎އިލްމީ އަދި އަގުހުރި މި ވޯކްޝޮޕް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވާ ހޮނހިރުދުވަހު ގަލޮޅު‎މަދަރުސާ ހޯލުގައި ދެ ދަންފަޅިއަކަށް ބަހާލެވިގެންނެވެ. މި ވޯކްޝޮޕްގެ ޖާގައިގެ އަދަދަކީ 50 ޖާގައެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ފުރުމަށް ފަހު ހުށައެޅުުން އެކަން ޖަމިއްޔާގެ ފަރާތުން އަންގާނެ ކަމަށް ބުންޏެބެ.

މި ވޯކްޝޮޕްގެ ބައިވެރިންގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ދައްކަންޖެހެއެވެ.

‎މި ވޯކްޝޮޕްގައި ވީހާވެސް ގިނަ ކަނބަލުން‎ބައިވެރިވެ، އިލްމީ މަންފާ ހާސިލުކުރުމަކީ ސަލަފުގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.