އައިއެމްއެފްގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއިއެކު ބޭއްވި ބައްދަލުވުމުގައި---ފޮޓޯ: ރައްޔިތުންގެ މަޖިލީސް
ހަބަރު
19 Feb 2025 | 12:49
ރާއްޖޭގައި ތަކެތީގެ އަގުތައް މަތިވެދާނެ ކަމަށް އައިއެމްއެފް އިން އިންޒާރުދީފި

ރާއްޖޭގައި ތަކެތީގެ އަގު ކުރިއަށް އޮތް ތަނުގައި މައްޗަށް ދާނެ ކަމުގެ އިންޒާރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދީފިއެވެ. 

އައިއެމްއެފް އިން މިގޮތަށް ބުނީ މި ހިނގާ ފެބްރުއަރީ 3 އިން ފެބްރުއަރީ 16 އަށް އައިއެމްއެފްގެ ވަފްދެއް ރާއްޖެއަށް ކުރި ޒިޔާރަތަކަށްފަހު ނެރުނު ނޫސްބަޔާނެއްގައެވެ. މި ޒިޔާރަތަކީ އަހަރަކުު އެއް ފަހަރު ގައުމުތަކުގެ އިގްތިސާދީ ހާލަތު ވަޒަން ކުރުމަށް ކުރާ "އާޓިކަލް 4 މިޝަން" ގެ ދަށުން ކުރި ދަތުރެކެވެ. 

މި ނޫސްބަޔާނުގައި އައިއެމްއެފް އިން ވަނީ މި އަހަރުގެ ތެރޭ ރާއްޖޭގެ އިންފްލޭޝަން 2.3 އިންސައްތައިން މަތިވާނެ ކަމަށް ލަފާކޮށްފައެވެ. އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކުރެވެނީ އިމްޕޯޓް ޑިއުޓީ ބޮޑުވުމުން ކަމަށް އައިއެމްއެފް އިން ބުންޏެވެ. 

ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުމާއި ފޮރިން އެކްސްޗޭންޖް ރިޒާވަށް ނުރަނގަޅު އަސަރުކޮށްފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. ޖުމްލަ މާލީ ޑެފިސިޓްތަކާއި ދަރަނި މަތިވެފައި އޮންނާނެ ކަމަށް ލަފާކުރެވޭތީ، މާލީ ސިޔާސަތުތަކަށް އަވަސް ބަދަލުތަކެއް ގެނައުމަށް އައިއެމްއެފް އިން ގޮވާލާފައި ވެއެވެ. 

މީގެ އިތުރަށްވެސް، އައިއެމްއެފް އިން ވަނީ މިއަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތަށް ހަރަދުތައް އިސްލާހުކުރުމުގެ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަކީ ޑެފިސިޓް ކުޑަކުރުމާއި އިގްތިސާދީ ހަމަޖެހުން އަލުން ގާއިމްކުރުމަށް މުހިންމު ކަމެއްކަން ފާހަގަކޮށްފައެވެ.

ސަރުކާރުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އިތުރު ހަރަދުތައް ނުކުރުމަށްވެސް މި ބަޔާނުގައި ގޮވާލާފައި ވެއެވެ. އެއާއެކު، ދަރިނި ކުޑަކުރުމުގެ އިތުރުން އިސްރާފު ކުރުން ކުޑަކުރުމަށްވެސް އައިއެމްއެފް އިން ވަނީ ގޮވާލާފައެވެ.

ސަބްސިޑީތައް މަރުހަލާތަކަކަށް ބަހާލައިގެން، އެއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފްކުރަން ޖެހޭ ކަމަށް އައިއެމްއެފްގެ ލަފާގައި މިފަހަރުވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް އިސްކަންދޭ ތަރުތީބު ހަރުދަނާކުރުމަކީ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ވަރަށް މުހިންމު ކަމެއްކަމަށްވެސް ވަނީ ބުނެފައެވެ.

މާލީ ނުތަނަވަސްކަމެއް އޮތްނަމަވެސް، ކުރިއަރަމުންދާ ފަތުރުވެރިކަމުގެ ސިނާއަތުގެ ސަަބަބުން ރާއްޖޭގެ އިގްތިސާދު މިއަހަރު 5 އިންސައްތައިން ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ވަނީ ލަފާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.