ދިވެހި ބަހުގެ އެކަޑަމީ
ހަބަރު
19 Feb 2025 | 14:59
އަލަށް އުފެއްދި ލަފުޒުތަކާއެކު ބޮޑު ބަހުސެއް: ބަސްވާރުންގެ ހިޔާލުތަފާތު

ދިވެހި ބަހުގެ އެކަޑަމީން އައު ދިވެހި ލަފުޒުތަކެއް އުފައްދާ އެ ލަފުޒުތައް އާންމުކުރުމާއެކު ބޮޑު ބަހުސެއް އުފެދިއްޖެ އެވެ.

އެކަޑަމީން އިއްޔެ ވަނީ އެ ލަފުޒުތަކާއި އެ ލަފުޒުތަކުގެ މާނަތައް އާންމުކޮށްފަ އެވެ. އެކަޑަމީން ބުނި ގޮތުގައި މިއީ މިދިޔަ އަހަރު އުފައްދާފައިވާ ބަސްތަކެވެ. އަދި އެ ލަފުޒުތަކާއި ލަފުޒުތަކުގެ މާނަތައް ފާސްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އަލަށް އުފެއްދި ބަސްތަކުގެ ތެރޭގައި ޅެންފަރުވާ އާއި ފަތުރުވެހި އަދި މޫތު ފަދަ ލަފުޒުތައް ހިމެނެ އެވެ. ޅެންފަރުވާ އަކީ ޕޮއިޓްރީ ތެރަޕީގެ ދިވެހި ލަފްޒެވެ. ފަތުރުވެހި މިއީ ގެސްޓްހައުސްގެ ދިވެހި ލަފްޒެވެ. މޫތު އަކީ ޔޫރިންގެ ދިވެހި ލަފްޒެވެ.

މި ބަސްތައް އާންމުުކުރުމާއެކު އާންމުންނާއި ބަސްވާރުންގެ މެދުގައި ވެސް ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ. ބައެއް ބަސްވާރުން ވަނީ އަލަށް އުފެއްދި ބަސްތަކާމެދު ސުވާލު އުފައްދާފަ އެވެ. އަދި ބައެއް ބަސްތައް އުފެއްދިއިރު, އެ ބަސްބަހުގެ ބަދަލުގައި މިހާތަނަށް ބޭނުން ކުރަމުން ދިޔަ އެތައް ބަހެއް ހުރިކަން ފާހަގަ ކޮށްފައިވެ އެވެ.

އެންމެ ބަހުސް ބޮޑުވީ މޫތު އެއީ ޔޫރިންގެ ދިވެހި ލަފްޒު ކަމަށް ހަމަޖެއްސި ހަމަޖެއްސުމާ ގުޅިގެންނެވެ. ބައެއް ބަސްވާރުން ވަނީ ޔޫރިންއަށް ބޭނުން ކުރެވޭނެ ދިވެހި ތިން ހަތަރު ބަހެއް އޮތްއިރު ދިވެހި ދޫތަކަށް ފަސޭހައިން ނުވެސްކިޔޭ ޒާތުގެ ނަމެއް އިއުލާނުކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކޮށްފަ އެވެ.

މީގެ އިތުރުން ބަސް ކޮމިޓީން އުފެއްދި ގިނަ ބަސްތަކަކީ ސާންސްކިރިތު ބަސްބަސްކަން ފާހަގަކޮށް މާވަރަކަށް ސާންސްކިރިތު ވެގެން އުޅުމުގެ ސިއްރެއް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

ކުރީއްސުރެ ހުރި ބަސްބަސް އެކަހެރިކޮށްފައި ސާންސްކިރިތު ރަދީފުން ލަފުޒުތައް ނަކަލުކޮށްގެން ގެނެސް ބަސްބަސް ހަދައިފީމޭ ބުނުމުގެ ފަހަތުގައި ސިއްރެއް އޮންނާނެ. ތިޔަގޮތަށް އަމަލުކުރާތީ ފެންނަނީ އިންޑިޔާގައި. ހިންދީބަހުގެ ތެރެއަށް ވަދެފައިހުރި އުރުދޫ ފާރިސީ ލަފުޒުތައް ހޮވައިގެން ނެރެ އެއްލައިލުމަށްފަހު މާއިހުގެ ސާންސްކިރިތު ރަދީފަކުން ބަސްބަސް ނެރެނީ އިންޑިޔާގެ ހިންދޫތަވާ ސިޔާސަތުގެ ދަށުން. އަހަރެމެންވެސް ތަބާވަނީ އެކަމަށް ހެއްޔެވެ

ބަހުގެ އިސް ބޭފުޅެއް ކަމަށްވާ އިމާދު ލަތީފް ލިޔުއްވާފައިވެ އެވެ.

އިމާދު ވިދާޅުވި ގޮތުގައި ދިވެހި ބަހާއި އަހަރެމެންގެ ސަގާފަތަކީވެސް އިންޑިއާގެ އެއްޗެކޭ ކިޔާ ދައުވާކުރާ ބަޔަކު ފާޅުކޮށް ފެންނާން ތިއްބައި ދިވެހީންގެ ބަޔަކު މިކުރާކަމަކީ އެމީހުންގެ ދައުވާޔަށް ބާރުލިބޭ ކަންކަން ކުރާ މަންޒަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.