ބްލޫސް ހައުސިން ފްލެޓްގެ ބޭސްމަންޓް ސަރަހައްދު. ޕޮލްކޯ ފްލެޓްތައް އަދިވެސް މުޅިން ނުނިމޭ.. ފޮޓޯ: ވޮއިސް
ހަބަރު
19 Feb 2025 | 16:06
އޭސީީސީއިން އަނެއްކާވެސް ޕޮލްކޯއަށް ވަދެއްޖެ

ފުލުހުންގެ ފްލެޓްތަކުގެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނެއްކާވެސް ފުލުހުންގެ ވިޔަފާރި ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް ވަދެއްޖެއެވެ.

"ވޮއިސް" އަށް މައުލޫމާތުދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭސީސީގެ ޓީމެއް މިއަދު މެންދުރުގެ ވަގުތެއްގައި ޕޮލްކޯ އިދާރާއަށް ވަދެފައިވާ ކަމަށެވެ. 

އޮފިޝަލް ވިދާޅުވީ އޭސީސީން ޕޮލްކޯއަށް ވަނީ ޕޮލްކޯއާއި ގުޅުންހުރި މައްސަލަތަކުގައި ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް އޭސީސީ އިން ބަލަމުންދާ މައްސަލަތަކުގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވެއެެވެ. 

ފުލުހުންނަށް ޚާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އަޅަން ޕޮލްކޯއާ ހަވާލުކުރީ 2013 ވަނަ އަހަރެވެ. ފުލުހުންގެ ފްލެޓްތަކުގެ މައްސަލާގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައިވަނީ އެ މަޝްރޫޢުއާ ގުޅޭގޮތުން އެތައް މައްސަލަތަކެއް ފާހަގަކޮށްފައެވެ. 

ޕޮލްކޯއާ ހާވަލުކުރުމުން އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި، އެ މަޝްރޫޢު ހިންގާފައިވާ ގޮތުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުން ވެފައިވާކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އޮޑިޓް ރިޕޯޓުގައި ބުނީ، އެ މަޝްރޫއު ހިންގާފައިވަނީ ކަނޑައެޅިގެން ނޫމަޑީގެ ރެޕްރެޒެންޓޭޓިވަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި އެ ފަރާތަކީ ނޫމަޑީގެ ރެޕްރެސެންޓަޓިވް، އައިލެންޑް އެކްސްޕާޓްގެ މެނޭޖިން ޑިރެކްޓަރު އަދި ދެ ކޯމަސްގެ މެނޭޖިން ޑިރެކްޓަރާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. އެ މީހާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން 682 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ. 

 ޕޮލްކޯގެ ފްލެޓްތަކަކީ އެއް ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގެއް ހަރަދުކޮށްގެން ހަދާފައިވާ ފްލެޓްތަކެއް ކަމަށާއި މާކެޓް އަގުތަކަށް ވުރެ ފްލެޓްތައް އެޅުމުގެ ހަރަދު ބޮޑުވުމުން ކޮންޓްރެކްޓަރުންނަށް ބޮޑު ފައިދާއެއް ލިބުނު ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.

ކޮންޓްރެކްޓަރުން ޕޮލްކޯއަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ނަމަވެސް އެ ފައިސާ ހޯދުމަށް ޕޮލްކޯއިން މަސައްކަތް ކޮށްފައި ނުވާކަން ރިޕޯޓުން ދައްކަ އެވެ.

ފުލުހުންގެ ފްލެޓްތައް ހަދަމުންދާތާ 11 އަހަރަށްވުރެ ގިނަ ދުވަސްވީނަމަވެސް ފްލެޓްތައް މުޅިން ނިމުމަކަށް އައިސްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.