މިސްކިތުގައި ހިންގާ ޤުރުޢާން ކުލާހެއްގެ ތެރެއިން: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
20 Feb 2025 | 09:22
މި ދައުރުތެރޭގައި، ޤާރީންގެ ދަތިކަން ހުރި ހުރިހާ ރަށެއްގައި އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާނަން: ޑރ.ޝަހީމް

މި ދައުރު ނިމުމުގެ ކުރިން، ޤާރީންގެ ދަތިކަން އޮތް ހުރިހާ ރަށެއްގައި އެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިއަދު ވިދާޅުވީ، ޤުރުއާން އުނގަންނައިދިނުމުގައި ޤާރީންގެ ދަތިކަށް އޮތް ރަށްތަކުގެ ތެރެއިން 6 ރަށަކަށް، ރާއްޖެއިން ބޭރުގެ ޤުރުއާން ހިތުދަސް ޤާރީން މިއަދު މާލެ އަންނާނެ ކަމަށެވެ.

އަދި އެ ބޭފުޅުން އެ ރަށްތަކުގައި ޤުރުއާން މަރުކަޒުގެ ގޮފިތަކުގައި ކިޔަވައި ދިނުމުގެ އިތުރުން މިސްކިތުގައި ޤުރުއާން ހިތު ދަސްކުރާ ކްލާސްތައް ހިންގާނެ ކަމަށާ، މިކަންކަން ކުރިއަށްދާނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މުދައްރިސުންނަށް މުސާރަ ދެވޭނީ ޤުރުއާން މަރުކަޒު މެދުވެރިކޮށް ޒަކާތު ފަންޑުގެ ފީ ސަބީލިالله ބައިން ކަމަށެވެ.

އިރާދަ ކުރެއްވިއްޔާ މިދަތިކަން ހައްލުވެ ރަށްތަކުގައި މީހުން އުފެދެންދެން މިކަންކަން ދެމިއޮންނާނެ. މި ދަތިކަން އޮތް ހުރިހާ ރަށެއްގައި މި ދައުރުގައި މިކަން ޙައްލުކުރުމަށް މަސައްކަތްކުރާނަން.

ވަޒީރު ޑރ. މުހައްމަދު ޝަހީމް

ހިލޭ ސާބަހަށް ޤުރުއާން އުނގަންނައި ދިނުން ފުޅާ ކުރުމަކީ ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވަޢުދެކެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މީގެ އަހަރު ތަކެއް ކުރިން ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީސް ކުރަން ވަރަށް ގިނަ ފަހަރު ބޭރު މީހުން ވަނީ ގެނެވިފައިވާ ކަމަށާ ނަމަވެސް ހާފިޒުން އުފެއްދުމުގެ މަޝްރޫޢުތައް ފަށައި ކުރެވުނު މަސައްކަތްތަކުން މިކަމުގައި މިއަދު ހެޔޮ ނަތީޖާ ފެންނަމުންދަކަމީ ކޮންމެ މީހަކު އުފާ ވާނެ ކަމެއް ކަމަށެވެ.

އެގޮތުން، ޒުވާން ޙާފިޒުންގެ ތެރެއިން ވަރަށް ގިނަ ޙާފިޒުންނަކީ އިސްލާމިކް މިނިސްޓްރީގެ 500 ހާފިޒުންގެ މަޝްރޫޢުގެ ދަސްވެނިންކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، މާލޭގެ ބޮޑެތި މިސްކިތް ތަކުގައި ރަމަޟާން މަހުގައި ތަރާވިސް ނަމާދު ކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ ޒުވާން ދިވެހި ހާފިޒުންކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.