ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް---ފޮޓޯ: ވޮއިސް
ހަބަރު
20 Feb 2025 | 10:25
މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އަޅުއްވަން ޤާސިމް ހުށަހަޅުއްވައިފި

އދ. މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އަޅުއްވަން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ޤާސިމް މިކަން ހުށަހަޅުއްވާފައިވަނީ އިއްޔެ ކޮމިޝަނަރ އޮޕް ޕޮލިސް ޢަލީ ޝުޖާއުއަށް ފޮނުއްވެވި ސިޓީއެއްގައެވެ.

އެ ސިޓީގައި ޤާސިމް ވިދާޅުވީ އޭނާ މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް އަޅުއްވަން ރާވާފައިވަނީ ވިލާ ފައުންޑޭޝަންގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އުސޫލުގެ ދަށުން ކަމަށެވެ. 

ޤާސިމްގެ ސިޓީގައި ވިދާޅުވީ މާމިގިލީއަކީ އާބާދީއާއި ބިމުގެ ސައިޒުން އެ ސަރަޙައްދުގެ އެންމެ ބޮޑު ރަށް ކަމަށާއި، އެއާޕޯޓާއި އަވަށްޓެރި ރިސޯޓްތަކުންވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި އދ. ގެ ރަށްރަށުގެ ތެރެއިން ކުށުގެ ނިސްބަތް އެންމެ ގިނައީވެސް މާމިގިލީގަ އެވެ. 

ޤާސިމް ވިދާޅުވީ މާމިގިލީގައި ސަރަހައްދީ ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް އޮންނަން ޖެހޭކަމީ އަހަރުތަކެއް ވަންދެން ތަކުރާރުކޮށް މަޝްވަރާ ކުރަމުން އަންނަ ކަމެއް ކަމަށާއި، މިދިޔަ ފަސް އަހަރު ތެރޭގައި ދައުލަތުގެ ބަޖެޓްގައިވެސް އެ މަޝްރޫއު ހިމެނި ކަމަށެވެ.

ނަމަވެސް އެ މަޝްރޫއު ކުރިއަށްގެންދެވިފައިނުވާތީ މާމިގިލީގައި ފުލުހުންގެ ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރިކަން ޤާސިމް ފާހަގަކުރެއްވިއެވެ. އެއާއެކު، ޤާސިމް ވަނީ މާމިގިލީގައި ޕޮލިސް ސްޓޭޝަނެއް ވިލާ ފައުންޑޭޝަނުން ގާއިމުކުރުމަށް ހުއްދަ ދެއްވުމަށް ސީޕީ ޝުޖާއު އަރިހުން އެދިވަޑައިގެންފައެވެ. 

ވިލާ ގްރޫޕްގެ ޗެއާމަން ޤާސިމަކީ މާމިގިލީގެ ރައްޔިތެކެވެ. ގިނަ ދުވަސްވަންދެން ޤާސިމް ވަނީ މާމިގިލި ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. މާމިގިލީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ޤާސިމް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން، މީގެ ކުރިން ޤާސިމް ވަނީ އަމިއްލަ ހަރަދުގައި އެ ރަށުގައި އެއާޕޯޓެއްވެސް ގާއިމުކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.