ވަޒީރު އާދަމް ޝަރީފް ޢުމަރު: ފޮޓޯ/ ވޮއިސް
20 Feb 2025 | 11:54
އިތުރު 5 ކައުންސިލަކުން 7 ފަޅުރަށް ހޯދަން މިނިސްޓްރީގައި އެދިއްޖެ!

ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިހާރުވެސް 3 ކައުންސިލަކަށް 4 ފަޅުރަށް ދޫކުރެވިފައިވާ ކަމަށާ، އިތުރު، 5 ކައުންސިލަކުން 7 ފަޅުރަށް ހޯދަން އެދިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

ނިމިދިޔަ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު، ތިން ކައުންސިލަކަށް 4 ފަޅުރަށެއް ވަނީ ރަސްމީކޮށް ހަވާލު ކޮށްފައެވެ. 

އެގޮތުން ފަޅުރަށްތައް ހަވާލުކުރި ކައުންސިލްތަކަކީ:

* ދ.އަތޮޅު ކައުންސިލަށް ހަވާލުކޮށްފައިވަނީ ދ. މިނިމަސްގަލި އާއި ދ. ފެންފުށި

* ރ.އިނގުރައިދޫ ކައުންސިލަށް ހަވާލުކޮށްފައިވަނީ ރ.ނެޔޮ 

* ލ.މާވަށު ކައުންސިލާ ހަވާލުކޮށްފައިވަނީ ލ.ބޮޑުމާބުޅަލި

އެކަމާއި ގުޅިގެން، ސިޓީ ތަކާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، އޭގެ ފަހުންވެސް އިތުރުން 5 ކައުންސިލަކުން 7 ފަޅުރަށް ހޯދަން އެދިފައިވާ ކަމަށެވެ. އެގޮތުން އެދިފައިވާ ކައުންސިލް ތަކަކީ؛ 

• ހދ އަތޮޅު ކައުންސިލުން ހދ. ފަރިދޫ

• ރ ދުވާފަރު ކައުންސިލުން ރ. އިނބޫދޫ

• ފ އަތޮޅު ކައުންސިލުން ފ މަކުނުއެރި 

• ގދ ދެއްވަދޫ ކައުންސިލުން ގއ. ވިލިގަލާ

• ގދ. އަތޮޅު ކައުންސިލުން ގދ.މާނައިދޫ، ވާރެއަދޫ އަދި ލޮނުދޫ

ވަޒީރު ވިދާޅުވީ އެ ރަށްތަކަށް ފަޅުރަށްތައް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށާ، އެކަމާ ގުޅިގެން ކައުންސިލް ތަކުން ހޯދަންޖެހޭ މައުލޫމާތުތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން، ގަވާއިދަށް އިޞްލާޙު ގެނެވި، ފުރުސަތު ހުޅުވާލެވި، ކައުންސިލްތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރެވި، ފުރުސަތު ފަހިކޮށްދެވިގެން، ކައުންސިލް ތަކަށް ރަށްތައް ދޫކުރެވޭއިރު، ރަށަށާއި އަތޮޅަށް ފައިދާވާގޮތަށް އެތަންތަނުގެ ބޭނުން ހިފުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރު ވަނީ މީގެ ކުރިން އެދިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.