ރާއްޖެއަށް ގެންނަން އުޅޭ ސޯލާ ފެރީގެ ޑިޒައިން--ފޮޓޯ: ނޭޓިވް ޕްލެނެޓް
ހަބަރު
22 Feb 2025 | 11:04
އޭޕްރީލް ތެރޭގައި ރާއްޖެއަށް ފުރަތަމަ ސޯލާ ފެރީ އެތެރެކުރާނެ: ނަވަލްޓްއާ

އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެއަށް ފުރަތަމަ ސޯލާ ފެރީ އެތެރެކުރާނެ ކަމަށް އިންޑިއާގެ ނަވަލްްޓް ކުންފުނިން ބުނެފިއެވެ.
އަވައްޓެރި އިންޑިއާގެ އީކޯ މެެރިން ޓެކް ކުންފުނި، ނަވަލްޓްއާ އާ ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނީ، އެކުންފުނިން މިހާރު ދަނީ ރާއްޖޭގައި ބޭނުންކުރަން އުޅޭ ސޯލާ ފެރީ ބަނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިހާރު އެ މަސައްކަތް އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ރިޕޯޓްކޮށްފައި ވެއެވެ. 

"އެޕޮލޯ" ގެ ނަމުން ނަންދީފައިވާ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރުވެސް ރައްކާތެރިކަމާއިއެކީ ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ފެރީއެކެވެ. މި ފެރީގެ އަގެއްކަމަށް ރިޕޯތްކޮށްފައިވަނީ 5 ކްރޯޑް އިންޑިއާ ރުޕީސް ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 9.3 މިލިއަން ރުފިޔާ އެވެ.

ނިއު އިންޑިއަން އެކްސްޕްރެސްއަށް ދެއްވި ބަސްދީގަތުމެއްގައި ނަވަލްޓްގެ ސީއީއޯ ސަންޑިތު ތަންޑަޝެރީ ވިދާޅުވިގޮތުގައި މި އުޅަނދު އުފައްދަނީ ރާއްޖޭގެ ފިނޭންސް މިނިސްޓްރީގެ އޯޑަރަކަށް ކަމަށެވެ. މިއީ އެކުންފުނިން ޕެސެންޖާ ލައިނެއް އެކްސްޕޯޓްކުރާ ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވިއެވެ. މިއަހަރުގެ މެދު ތެރޭގައި ދިވެހި ސަރުކާރުން މި އުޅަނދު ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި އޮޕަރޭޓް ކުރަން ފަށާނެ ކަމަށް އޭނާ މައުލޫމާތު ވިދާޅުވިއެވެ.

މި އުޅަނދު ގަޑިއަކު 8 ނޮޓްގައި ދުވާއިރު، ހަކަތަ ބޭނުންކުރަނީ އުޅަނދުގެ ފުރާޅުގައި ބަހައްޓާފައި ހުންނަ 25 ކިލޯވޮޓްގެ ސޯލާ ޕެނަލްތަކުން ލިބޭ ހަކަތައިން ކަރަންޓް އުފައްދައިގެންނެވެ. 

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވީ އެއަހަރު ނިމުމުގެ ކުރިން ސޯލާ ފެރީ ރާއްޖެ ގެނެވޭވަރުވާނޭކަމަށެވެ. އެގޮތުން އުޅަނދު އޮތީ ބަނދެ ނިމިފައިކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.