ފުލުހުންގެ ހެޑް އޮފީސް---ފޮޓޯ: ވޮއިސް
ހަބަރު
22 Feb 2025 | 12:30
ކުލިއަށް ތަންތަން ދޫކުރުމުގައި ގޭންގް ހިންގާ ފަރާތްތަކަށް ސަމާލުވޭ: ފުލުހުން

ކުލިއަށް ތަންތަން ދޫކުރާއިރު އެތަންތަން ގޭންގްތަކުގެ ސޭފްހައުސްއެއްގެ ގޮތުގައި ބޭނުންވިޔަ ނުދިނުމަށް ސަމާލުވުމަށް ފުލުހުންގެ މުއައްސަސާއިން އިލްތިމާސްކޮށްފިއެވެ. 

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެޑް އޮފް ގޭންގް ކްރައިމް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އާރިފް ވަނީ ގޭންގްތަކުން ކުށްކުރުމަށް ބައެއް އާންމުން އަތުން ތަންތަން ކުލިއަށް ނަގާ، އެތަންތަން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރާ ކަމަށެވެ. މިފަދަ ގޮތަށް ތަންތަން ދޫކުރާއިރު ގިނަަފަހަރާއި އެތަންތަން ކުލިއަށް ހިފަން އުޅެނީ ގޭންގް ބޭނުމަކަށްކަން ތަނުގެ ވެރިފަރާތަށް އެނގެނީ މާ ފަހުން ކަމަށް އާރިފް ވިދާޅުވިއެވެ. 

ކުށްކުރުމަށް އެޕާޓްމެންޓްތައް ހިފާ، އެތަންތަނުގައި ބައެއް ޒާތުގެ ހަތިޔާރާއި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި ހާމަވެފައި ވެއެވެ. އަދި އެތަންތަން ތެރޭގައި ކުޑަކުދިން ގެންގުޅޭ ކަމަށްވެސް އާރިފް ވިދާޅުވެފައި ވެއެވެ. މި މޭރުމުން ވާހަކަދައްކަވަމުން އާރިފް ވަނީ ސޯޝަލް މީޑިއާގައި ކުދިން ގޭންގާއި ގުޅޭ ޕޯސްޓުތައް ބަލާ މިންވަރު ޗެކްކޮށް، ކުރިއާލާ ހުއްޓުވުމަށް އިލްތިމާސްކުރައްވާފައެވެ. ގިނަފަހަރާއި ކުދިން ގޭންގްތަކަށް ވަންނަނީ އާއިލާއިން ރައްކާތެރިކަމާއި ރަހުމަތްތެރިކަން ނުލިބިގެން ކަމަށް އާރިފް ވަނީ ވިދާޅުވެފައެވެ. އަދި ޅައުމުރުގައި މަސްތުވާތަކެތި ޑެލިވަރީ ކުރުމާއި މީހުންނަށް ފާރަވެރިވުން ފަދަ ކަންތައްތައް ކުދިން ލައްވާ ކުރުވާއިރު ކުދިން ގޭންގްތަކަށް ފުރަތަމަ ވަންނައިރު އެތަންތަނުގެ ނުރައްކާތެރިކަން ނޭނގޭކަން އާރިފް ފާހަގަކުރެއްވިއެވެ.

އާރިފް ވަނީ ކުލިއަށް ތަންތަން ދޫކުރާއިރު މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ވިިސްނުންތެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އެތަންތަނުގައި ހިނގާ ކަންތައްތަކުގެ ހަގީގަތް އެނގުމަށްފަހު އެތަން އަތުލަން ވެރިފަރާތުން ކުރާ މަސައްކަތް ނާކާމިިޔާބުވާކަން އާރިފް ފާހަގަކުރެއްވިއެވެ.

އާރިފް ވިދާޅުވީ ކުލިއަށް ހިފާ ފަރާތާއި ކުލިއަށް ދޭ ފަރާތުގެ މެދުގައި އުފެދޭ ދެބަސްވުމުގެ ތެރެއިން އެތަންތަނަށް ގެއްލުން ދިނުމުގެ މައްސަލަތައް ކުރިމަތިކުރުވާ ކަމަށެވެ. އާރިފް ވިދާޅުވިގޮތުގައި ކުށުގެ ވެށްޓެއް ކަމަށް ބެލެވޭ ހާލަތެއްގައި ފުލުހުން އެތަންތަނުގެ ވެރިފަރާތަށް ނޯޓިސް ފޮނުވާ ހަދާ ކަމަށެވެ. އަދި ދެބަސްވުން އުފެދޭ ހާލަތެއްގައި ތަނުގެ ވެރިފަރާތަށް ފުލުހުންގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.