މެޒޯގެ އެންމެ ފަހު ވީޑިއޯ އިން ނަގާފައިވާ ޝޮޓްތަކެއް
ހަބަރު
23 Feb 2025 | 12:54
މެޒޯގެ އެންމެ ފަހު ވީޑިއޯ: ބޭނުންވީ 60ގެ އަހަރުތައް ފެށުމުގެ ކުރީން ވީޑިއޯއެއް ހަދަން

ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިއުޒީޝަނުންގެ ތެރޭގައި ހިމެނޭ ގ.ކްރީމްގެ މުހައްމަދު މާޖިދު (މެޒޯ) މުހައްމަދު ކުއްލި ގޮތަކަށް ނިޔާވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. މެޒޯގެ ކުއްލި ވަކިވުމަކީ އޭނާގެ އާއިލާއާ އެކުވެރީންނާއި މިއުޒިކީ ދާއިރާއާ ޖުމްލަކޮށް ދިވެހީންނަށް ހިތާމަ ގެނުވައިދިން ކަމެކެވެ.

މީހުންނާއި ވަރަށް ގުޅޭ އެކުވެރީން ގިނަ, މެޒޯގެ އެންމެ ފަހު ވަގުތައް ހޭދަކޮށްފައި ވަނީ އަހުމަދު މަރުޒޫގް (މަރޭ) އާ އެކު އެވެ. މަރޭއާ މެޒޯ އަކީ ދުވަސްވީ ދެ އެކުވެރީންނެވެ. މި ފަހުން ވަރަށް ގިނައިން އެކުގައި ކޮފީއަށް ގޮސް އުޅުނެވެ. މެޒޯ ނިޔާވި ދުވަހުގެ ހެނދުނު އޭނާ މަރޭއާ ގުޅީ ދެ ބޭނުމެއްގަ އެވެ. އެއް ބޭނުމަކީ ބޯކޮށާ ތަނަކުން އެޕޮއިންޓްމަންޓެއް ހޯދާ ދިނުމެވެ. ދެން ބޭނުންވީ ދެ ވެރީން ބައްދަލްވެ ކޮފީއެއް ބޮއިލުމެވެ.

މެޒޯ އެދުނު ގޮތަށް އެޕޮއިންޓްމަންޓް ސެޓްކޮށް ބޯކޮށާ ތަނަށް ދާންވީ ގަޑި އެއްގި އެވެ. އެއާއެކު އިތުރު ކަމަކަށް މެޒޯ, މަރޭގެ ގާތުގައި އެދުނެވެ. އެއީ ވީޑިއޯ ކުރާނެ މީހަކު ހޯދައި ދިނުމަށެވެ. މަރޭ ވިދާޅުވި ގޮތުގައި އެ ދުވަހު ވީޑިއޯއެއް ނަގަން މެޖޯ ބޭނުންވީ އޭނާގެ އުމުރުން 60 އަހަރު ފުރެން ތައްޔާރުވެފައި އޮތުމުންނެވެ.

ބޭނުންވީ 50ގެ އަހަރުތައް ނިމި 60ގެ އަހަރުތައް ފެށުމުގެ ކުރީން ވީޑިއޯއެއް ނަގާށެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން އެ ވީޑިއޯ ވީ މެޒޯގެ ފަހު ވީޑިއޯ އަށެވެ. ވީޑިއޯ ނެގިތާ ދެ ގަޑިއިރު ފަހުން މެޒޯ ނިޔާވީ އެވެ.

މަރޭ މިއަދު ވަނީ އެ ދުވަހުގެ ވީޑިއޯ އާންމުންނާ ހިއްސާކޮށްފަ އެވެ. ވީޑިއޯ އިން ފެންނަނީ މެޒޯ, ސެލޫންގެ ދޮރުން ވަނުމާ އެކު އޭނާގެ ބޯކޮށަން ހާއްސަވެފައި ހުރި ބިދޭސީ މީހާ, މެޒޯއަށް މަރުހަބާ ކިޔާ ތަނެވެ. ދޮރުން ވަދެ, އިސްވެ ސަލާމް ކުރަނީ މެޒޯ އެވެ. ވަރަށް އިހްތިރާމާ އެކު ސަލާމް ކުރާ މަންޒަރު ފެނެ އެވެ. ދެން ފެންނަނީ ބޯކޮށަމުން ދިޔައިރު ނަގާފައިވާ ވީޑިއޯގެ މަންޒަރުތަކެވެ.

ބޯކޮށަމުން ދިޔަ ވަގުތުވެސް މެޒޯ ދިޔައީ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. އޭގެން ވާހަކަ ކޮޅެއް ވެސް މަރޭގެ މި ވީޑިއޯ ގައި ހިމަނާފައިވެ އެވެ. އެއީ އޭރު މިއުޒިކު ކުޅުން އޮންނަ ގޮތް މެޒޯ ކިޔައިދޭ ވަގުތުކޮޅުގެ ވީޑިއޯ ކޮޅެކެވެ.

ވީޑިއޯ ހިއްސާކޮށް މަރޭ ބުނީ މެޒޯއަކީ ނަމޫނާ, ފާހަގަކޮށްލެވޭ ފަދަ ޝަހުޝިއްޔަތެއް ކަމަށެވެ. އެއީ އެތެރެއާ ބޭރު ފުށުން ވެސް ރީތި އިންސާނެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.