މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ހަބަރު
24 Feb 2025 | 12:41
މަޖިލީހުގެ ރިޔާސަތުގައި މި އިނީ ވަރަށް މިނިވަންކަމާއެކު: ޢަބްދުއްރަހީމް

ރައްޔިތުން މަޖިލީހުގެ ރިޔާށަތުގައި އިންނަވަނީ ފުރިހަމަ މިނިވަންކަމާއެކުގައިކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި އިންނަވަނީ މިނިވަންކަމާއެކު ކަމަށާއި، އެކަމަށް އެއްވެސް ބައެއްގެ ނުފޫޒެއް ނެތްކަމަށެވެ.

މަޖިލީހުގެ ރައީސް އިންނަވަނީ ބޮލުގައި ބަޑި ޖައްސަވައިގެން އިންނަވާފަދަ ގޮތަކަށްކަމަށް މީކާއީލް ވިދާޅުވިތަނުން ޢަބްދުއްރަހީމް ވަނީ މީކާއީލްގެ ވާހަކަ މެދުކަނޑާލައްވައި އޭނާގެ ވާހަކަތަކަށް ރައްދުދެއްވާފައެވެ.

އިއްޒަތްތެރި މެމްބަރަކަށް އެނގިވަޑައެއް ނުގަންނަވާނެ އަޅުގަނޑުގެ ސިއްހީ ހާލަތެއްވެސް އަދި ދިރިއުޅުމުގެ ހާލަތެއްވެސް. އެހެންވީމައި އެއްޗެއް ވިދާޅުވުމުގެ ފުރުސަތެއް ނޯންނާނެ

މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވިއެވެ

ޢަބްދުއްރަހީމް ވިދާޅުވީ ރިޔާސަތަށް އެމަނިކުފާނު އިންތިހާބުކުރެއްވީ އިއްޒަތްތެރި މެމްބަރުން ކަމަށާއި މަޖިލީހުގެ ރިޔާސަތުގައި އިންނަވަން އެއްވެސް ހުރަހެއް ނެތްކަމަށެވެ. މީކާއީލަށް ނިސްބަތްކޮށް ޢަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މައިކު ބޭނުން ނުކުރެއްވުމަށް ދަންނަވާކަމަށެވެ. 

މަޖިލީހުގެ ރައީސް އެހިސާބަށް ވިދާޅުވިތަނާ މެމްބަރު މީކާއީލް ވިދާޅުވީ، ގަލޮޅު ދެކުނު ދާއިރާގެ މައިކުގައި އަޑު ހުރިހާ ހިނދަކު އަޑު އިއްވަމުންދާނޭކަމަށް ވިދާޅުވެފައެވެ. މީކާއީލް ވިދާޅުވީ ސަރުކާރުން މިއަދު މަސައްކަތްކުރަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލަން ކަމަށައި އެކަން މިއަދު ރައްޔިތުންނަށް އެނގޭކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ދެމެދު އޮންނަ ގުޅުން ގޯސްވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަވަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެގޮތުން ވަރަށް އަވަހަށް މަޖިލީހުގެ ރިޔާސަތުން ޢަބްދުއްރަހީމް ވަކިކުރާނޭކަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

ރައީސް ޑރ.މުއިއްޒު އާއި ޢަބްދުއްރަހީމާ ދެމެދު ގުޅުން ގޯސްވެފައިވާަކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުންދާއިރު، ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ޢަބްދުއްރަހީމުގެ ދަރިކަލުން ފައިސަލް ވަނީ ޖެނުއަރީމަހުގެ 28 ވަނަ ދުވަހު މަޤާމުން ވަކިކުރައްވާފައެވެ. ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރެއްވި ނަމަވެސް މަގާމުން ވަކިކުރެއްވި ސީދާ ސަބަބެއް އަދި މިހާތަނަކަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.