އައިއޭސީގެ "ކަރުނަ" : މިއީ ޣައްޒާގެ ހާލަތު ކިޔައިދޭ އުފެއްދުމެއް
ހަބަރު
24 Feb 2025 | 14:17
އައިއޭސީގެ ކަރުނަ: ދިވެހި ކުޑަކުދީން ޣައްޒާގައި، އަސަރެއް ނުކުރޭތޯ

ފަލަސްތީނުގެ ޣައްޒާގައި ތިބި އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން މިވަގުތުވެސް ތިބީ ވަރަށް ދަތި ހާލަތެއްގަ އެވެ. ފަލަސްތީނުގެ ބިމުގެ އަހުލުވެރީން އެ ތަނުން ބޭރުކުރުމަށް އެ ބިމަށް ވެރިވެގެން ތިބި ޒަޔަނިސްޓު ޔަހޫދީ އިޒްރޭލުން ހުޅަނގުގެ ބޮޑެތި ބާރުތަކުގެ އެހީގައި ހިންގަމުންދާ ގަތުލުއާންމު އޮގަސްޓް 7, 2023 ގެ ފަހުން ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ.

އެއީ އަމިއްލަ ވަޒަނާއި ބިމުގެ ދިފާއުގައި ޣައްޒާގެ ހިތްވަރު ގަދަ މުޖާހިދުން ޔަހޫދީންގެ ބަލިކަށި ސަފުތަކަށް ފޮނުވާލި ވަރުގަދަ ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާއާ ގުޅިގެން އިޒްރޭލްގެ އަސްކަރީ ބާރުތައް ޣައްޒާ ވަށާލާ ވަރުގަދަ ހަނގުރާމައެއް ފެށި އެވެ. މުޅި ޣައްޒާ އެކީ އެކަށް ފުނޑުފުނޑުކޮށްލާ ސުންނާފަތި ކޮށްލި އެވެ.

މިއަދު ޣައްޒާގެ ރައްޔިތުން އެނބުރި ވަޒަނަށް އައިއިރު އެ މީހުން ދިރިއުޅުނު ޝަހަރު ވަނީ ގަލާއި ވެއްޔަށް ހަދާލާފަ އެވެ. ނަމަވެސް ހިތްވަރު ގަދަ އެ ރައްޔިތުން ތިބީ އަލުން އެ މީހުންގެ ދިރިއުޅުން އާބާދު ކުރުމަށް ނުގުނޑާ ފަދަ ގަދަ އަޒުމަކާއި އެހާމެ ވަރުގަދަ އީމާނެއްގަ އެވެ.

ޣައްޒާގެ ރައްޔިތުންނަށް ދިވެހީންގެ ދީލަތި އެހީތެރިކަން ފޯރުކޮށް ދިނުމާއި ޣައްޒާގެ ހާލަތާއި އެ ސިޓީގެ ރައްޔިތުންގެ ވާހަކަތަކާއި ހަބަރުތައް ދިވެހީންނަށް އެންމެ ތާޒާކޮށް ގެނެސްދޭ ބަޔަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނެވެ. ޣައްޒާގެ ރައްޔިތުންނަށް އެހީ ވެދިނުމުގައި މުޅި ދުނިޔެ ނަމޫނާއަކަށް ބަލާ އެ ޖަމާއަތުން މި ފަހަރު "ކަރުނަ" މި ނަމުގައި ގެނެސްދީފައިވާ އުފެއްދުން ވަރަށް ތަފާތެވެ. ވަރަށް ހާއްސަ އެވެ.

މި ލަވައިގައި ދައްކުވައި ދެނީ ދިވެހި އާއިލާ އެކެވެ. ދިވެހި ކުޑަ ދެ ކުދީންނެވެ. އަދި ރާއްޖެ އެވެ. ނަމަވެސް ޣައްޒާ މިހާރު އޮތް ހާލަތެވެ. އެއިން ކޮންމެ މަންޒަރެއް ގެނެސްދީފައި ވަނީ އަސްލާ ވަރަށް އެއްގޮތަށެވެ. ދައްކުވައިދެނީ އެ ކުދީންގެ ކުރީގެ އުފާވެރި ދިިރިއުޅުމެވެ. ނަމަވެސް ޔަހޫދީ ސިފައިންގެ އަނިޔާވެރި ކަމުން އެ ހާލަތު ބަދަލު ވެގެން ދިޔަ ގޮތެވެ. ދިރިއުޅުން މުޅީން ފުނޑުފުނޑުވެ ގެތައް ބިމާހަމަވެ އެންމެ ފަހުން ބޮއިލާނެ ފެންފޮދެއް ވެސް ނުލިބޭ ހާލަތުގައި ޣައްޒާގެ ކުޑަކުދީން ދިރިއުޅެމުންދާ ގޮތެވެ.

މިއީ ޣައްޒާގެ ހަގީގީ ހާލަތު އިހުސާސު ކޮށްލަން ލިބުނު ފުރުސަތަކަށް ވެ އެވެ.

ލަވަ ކިޔާފައިވަނީ މޫސާ ޝިފާއު އެވެ. ލަވައިގެ ޅެމުގެ އަސަރުން ވަރަށް ގިނަ ފަހަރު ރޮއްވާލަ އެވެ. ޝިފާއުގެ ހިތްގައިމު އަޑާއި އެ އަސަރުން ރޮއްވާލަ އެވެ.

ޅެމުގައި ބުނަނީ "އުންމަތާ މެދު ބަސް ހުސްވެ ކޮސްވެއްޖެ" ކަމަށެވެ. އަދި ޣައްޒާގައި "އިސްލާމުން ރޮމުން" ދާއިރު އެ މައުސޫމް ކުޑަކުދީންގެ ލޯތަކުން ފައިބާ ކަރުނަތައް ފޮހެލަދީ "ފިރުމާލާދޭނެ އަތްތަކެއް ވޭތޯ ސުވާލުކޮށްފައިވެ އެވެ.

އަދި އެ ހާލަތު ބަދަލުކޮށް ޣައްޒާގެ ރައްޔިތުންގެ ހައްގުގައި ނުތެދުވެ "ބަލަހައްޓައިގެން ތިބެނީ ވާޖިބު ނުވަނީތޯ" ސުވާލުކޮށްފައިވެ އެވެ. އަދި އަސަރާއެކު އިތުރަށް ސުވާލު ކޮށް ބުނެފައި ވަނީ "ބަލަހައްޓައިގެން ތިޔަ ތިބީ ނަލަ މަންޒަރަކަށްވާތީ," ހެއްޔެވެ.

ޅެމުގެ ފަހު ބައި އޮތީ އުންމަތް އެކީ އެކުވެރިވެ އަވަހަށް އެހީވުމަށް ގޮވާލާފަ އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ މި އުފެއްދުމުގެ މީޑިއާ ޕާޓްނަރަކީ "ވޮއިސް" އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.
06 Oct 2026
ފަލަސްތީން ދަނޑުވެރިއްގެ ބިމުގައި އިސްރާއީލުން ފެންގަނޑެއް ތަރައްގީކުރަން ފަށައިފި
އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާދީއްތަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް މި މަޝްރޫއު ފެށިކަން އިއުލާނުކޮށް، ތާރީހީ ތަންތަނުގެ މައްޗަށް އިސްރާއީލުގެ ބާރު ހިންގުން ވަރުގަދަކުރުމުގެ ބޮޑު ޕްލޭނެއްގެ ބައެއް ކަމަށް ސިފަކޮށްފައިވެއެވެ. ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިވެގެން ތިބޭ ބައެއް ކަމަށްވާ ސްމޮޓްރިޗް ޕޯސްޓުގައި ފަލަސްތީނު ބިން ފަތަހަކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށްދާ ކަމަށް ފާހަގަކޮށްފައިވެއެވެ. މި އިއުލާނުގެ ކުރިން ޖޫން މަހު ސްމޮޓްރިޗް ވަނީ، މި ސައިޓު ތަރައްގީކުރުމަށް ތިން މިލިއަނަށް ވުރެ ގިނަ ޝެކެލް (ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު) ހަރަދުކުރާނެ ކަމަށް ވައުދުވެފައެވެ.
06 Oct 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލު މަޖިލީހަށް ހުށަހަޅައިފި
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.