މެޑަމް ފަޒުނާ ޑީއެންއާރު ޑާޓާ ބޭސް ބޭނުން ކުރައްވާ ފޮޓޯއެއް އިހްސާން ހިއްސާ ކުރައްވަނީ-.
ހަބަރު
25 Feb 2025 | 10:05
މެޑަމް ފަޒުނާ ޑީއެންއާރު ޑާޓާ ބޭސް ބޭނުންކުރާ ފޮޓޯއެއް މަޖިލީހުގައި އިހްސާން ހާމަކުރައްވައިފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ޑީއެންއާރު ޑާޓާ ބޭނުންކުރައްވައިގެން އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ފޮޓޯއެއް ދާޚިލީ ވަޒީރު އަލީ އިހްސާން މަޖިލީހުގައި ހާމަކުރައްވައިފިއެވެ.

ވަޒީރު އިހްސާންގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 12 މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް ފޮނުއްވި މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންދާއިރު، އެމްޑީޕީން ހުށަހެޅި އެ މައްސަލާގައި ވަނީ، އިހްސާންގެ ބެއްލެވުމުގެ ދަށުން ހިންގާ ޑީއެންއާރުގެ ޑާޓާ ބޭސް ބޭނުން ކޮށްގެން ވަގަށް ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށް ތުހުމަތު ކޮށްފައެވެ. 

އެ ތުހުމަތު ތަކަށް ޖަވާބު ދާރީވަމުން އިހްސާން ވިދާޅުވީ، ރައީސް ޞާލިހްގެ ވެރިކަމުގައި، އެމްޑީޕީއަށް ވަގަށް ވެއްދި މީހުންގެ އަދަދު 520 އަށް އަރާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލާގައި އެއްވެސް ވަޒީރަކު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފައި ނުވާ ކަމަށެެވެ. 

މިއާއެކު އިހްސާން ވަނީ، ފަޒުނާ އަޙްމަދު، ޑީއެންއާރު ޑާޓާ ބޭނުންކުރައްވައިގެން އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރައްވަމުންދާ ފޮޓޯއެއް ހާމަކުރައްވާފައެވެ. 

އަޅުގަނޑަށް މި ފޮޓޯއިން ވަރަށް ސާފު މިއީ ކުރީގެ ފަސްޓްލޭޑީ ފަޒުނާކަން. ކުރިމަތީގައި އެ އޮތީ ޑީއެންއާރުގެ ޑާޓާތައް ބަރާބަރަށް ޕްރިންޓް ކޮށްފައި އޮތް ފައިލެއް. އޭރު މިއިން އެއްވެސް މައްސަލައެއްގެ ވާހަކަ އެއްވެސް މީހަކު ނުދައްކާ. 

ވަޒީރު ޢަލީ އިހްސާން

މީގެ އިތުރުން އިހްސާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރެއިން، ވޯޓް ވިޔުގެ ނަމުގައި ކުރީ ސަރުކާރުން ސޮފްޓްވެއާ އެެއް ހަދައި، ޑީއެންއާރ، އެންސްޕާ އަދި އާސަންދައިގެ ދަށުގައިހުރި މައުލޫމާތު އޭގައި ހިމެނިކަމުގެ ތުހުމަތު ދަ ޑިމޮކްރެޓްސް ޕާޓީން އޭރު ކުރި ކަމަށެވެ. 

އެފަދައިން ރައްޔިތުންނަށް ނޭނގި ރައްޔިތުންގެ ޑީއެންއާރުގެ ތެރެއިން ނަގާ މައްސަލަތައް 2014 ވަނަ އަހަރުން ފެށިގެން ފެންމަތިވަމުން ދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން ހައްލު ކުރުމަށް އީފާސް މެދުވެރިކޮށް ޕާޓީއަށް ވެއްދޭގޮތް މިހާރު ހަދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
އަވަސްކުރޭ
ތި އެއްބަސްވީދޯ. އަވަހަށް އިސްތިއުފާދީފަ ގެއަށް ވަޑައިގަންނަވާ. ބަލަ އިބޫ ނޫން ގޮތެއް ރައްޔިތުން ހޯދީ ތިހުރިހާ ކަމެއް ވާތިއްޔޭ.ދެން އަރާ އެންމެން އެކަންކަން ރިޕީޓް ކުރީމަ ކަޑަދޯ.
25 Feb 2025
ގުޅޭ ލިޔުންތައް
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ