މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
25 Feb 2025 | 11:16
ބެސްޓިނެޓް ކުންފުންޏާއެކު ކުރީ ސަރުކާރުން އެއްބަސްވުމެއް ހަދާފައިވާ ކަމުގެ ހެކި، އިހްސާން ދައްކަވައިފި!

ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތް ފޯރުކޮށްދޭ އެކްސްޕެޓް ސިސްޓަމް ހެދުމަށް، މޭލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު ސަރުކާރު ”ބަނދެވޭފަދަ“ އެއްވެސް އެއްބަސްވުމެއް ކުރީ ސަރުކާރުން ނުހަދާ ކަމަށް އެމްޑީޕީން ބުނުމުން، އެފަދަ އެއްބަސްވުމެއް ހެދި ކަމުގެ ހުރިހާ ލިޔެކިޔުންތަކެއް ދާޚިލީ ވަޒީރު ޢަލީ އިހްސާން މަޖިލީހުގައި ހާމަކުރައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި، އެމްޑީޕީން ވަނީ، ރާއްޖެއަށް ބިދޭސީން ގެނައުމުގެ ޚިދުމަތް ފޯރުކޮށްދޭ އެކްސްޕެޓް ސިސްޓަމް ހެދި މޭލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ އެކު އައު ސިސްޓަމެއް ހެދުމަށް މި ސަރުކާރުން ހަވާލުކުރި މައްސަލަ ފާހަގަކޮށްފައިވެއެވެ. 

އަދި އެ ކުންފުންޏާއެކު އައު އެއްބަސްވުމެއް ހެދީ، ކުރީ ސަރުކާރުން އެއްބަސްވުމެއް ހަދާފައި އޮތުމުން، ކަމަށް ވަޒީރު ކުރިން ވިދާޅުވެފައިވީ ނަމަވެސް، ކުރީ ސަރުކާރުގައި އެ ކުންފުންޏާއެކު އެއްވެސް އެއްބަސްވުމެއް ހެދިފައި ނުވާނެ ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ. 

އެވާހަކަތައް ދޮގުކުރައްވައި، އެކަމުގައި ކަންކަން ހިނގާފައިވާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން، ވަޒީރު ވަނީ، މައްސަލަ ފެށިގެން އައި ހިސާބުން ދައުލަތުގެ އިދާރާތަކާއި އެކުންފުންޏާއި ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކާއި އަދި ބަދަލު ކުރެވިފައިވާ ސިޓީތަކާއި، ލިޔެކިޔުންތައް ތާރީޚަތަކާއެކު ހާމަކުރައްވާފައެވެ.

އެގޮތުން، ބެސްޓިނެޓް ކުންފުނިން، އިމިގްރޭޝަނާއި ދާޚިލީ ވުޒާރާއަށްވެސް ”ލާސްޓް އެންޑް ފައިނަލް ނޯޓިސް“ ގެ ނަމުގައި، ފޮނުވި ސިޓީއެއް 18 ޖަނަވަރީ 2024 ވަނަ ދުވަހު އެ ވުޒާރާއަށް ލިބުނު ކަމަށް ވިދާޅުވުއެވެ. 

މި ދެންނެވި ސިޓީގައި އެ ކުންފުނީގެ ފަރާތުން 13.7 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން އެކުންފުންޏަށް ދައްކަންޖެހޭ ކަމަށް އޭރުވެސް އޮތީ ބަޔާން ކޮށްފައި.  

ވަޒީރު ޢަލީ އިހްސާން

މިއާއެކު އިހްސާން ވިދާޅުވީ، ކުރީ ސަރުކާރުން ބެސްޓިނެޓް ކުންފުންޏާއެކު އެއްބަސްވުން ހަދާފައިވަނީ 2016 ވަނަ އަހރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގައި ކަމަށެވެ. އަދި ރާއްޖޭގެ އެކްސްޕެކްޓް ސިސްޓަމްގެ ރެކްރޫޓްމަންޓްގެ ކަންކަން ބަލެހެއްޓުމަށް މިޕްސްގެ ނަމުގައި ސިސްޓަމެއް ޑިޒައިންކޮށް ދިވެހި ސަރުކާރުން، 15 އަހަރު ދުވަހު، އެ ސިސްޓަމް ބޭނުން ކުރާނެ ކަމަށާ، އެ ސިސްޓަމް ހެދުމަށް އެ ކުންފުނިން 13.7 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ބުނެފައިވާ ކަމަށް އިހްސާން ވިދާޅުވުއެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ޢަލީ އިހްސާން: ފޮޓޯ/ މަޖިލިސް

އެ އެއްބަސްވުމާއި ކުރީ ސަރުކާރުން ޚިލާފްވެފައިވާ ކަމަށް ވަޒީރު އިހްސާން ކުރިން ވިދާޅުވެފައިރު، އެކަން ދޮގު ކޮށް، އެ ކުންފުނިން އެއްވެސް ޑިމާންޑެއްވެސް ނުކުރާ ކަމަށް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވަނީ ބުނެފައެވެ. 

ނަމަވެސް، އިހްސާން ވަނީ ކުރީ ސަރުކާރުން އެއްބަސްވުމާ ޚިލާފްވުމުން، އެ ކުންފުނިން ފޮނުވި ސިޓީ ތަކާއި އޭގައިވާ ވާހަކަތަކުގެ ޚުލާސާއާއި، ސިޓީތައް ފޮނުވުނު ތާރީޚްވެސް ހާމަކުރައްވާފައެވެ. އަދި އެ މައްސަލަ ފެންމަތިވީތާ ތިން އަހަރުވެގެން ދިޔައިރުވެސް، އެ ކުންފުންޏަށް އެއްވެސް ޖަވާބެއް ދީފައިވާ ކަމަށް ލިޔެކިޔުންތަކުން ނުދައްކާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އަދި ޖަވާބު ނުދޭތީ އެ ކުންފުނިން ފަހުން އިމިގްރޭޝަނުން ފޮނުވި ސިޓީ ތަކުގައި ތަކުރާރުކޮށް 13.7 މިލިއަން ޑޮލަރު އެ ކުންފުންޏަށް ދިނުމަށް ޑިމާންޑްކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، އެ މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅި އޮއްވައި އެ ސަރުކާރު ނިމިގެންދިޔައީ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެހެންކަމުން މިމައްސަލާގައި ދައުލަތައް ގެއްލުންވާ ގޮތަށް ޢަމަލުކޮށްފައިވާތީ ޖިނާޢީ ދައުވާއެއް ކުރުމަށް އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ބޭފުޅުން މިވިދާޅުވަނީ ދައުލަތަށް 400 މިލިޔަން ރުފިޔާ ގެއްލުންވެއޭ. އަޅުގަނޑު މި ވިދާޅުވަނީ ދައުލަތަށް 500 އެތައް މިލިޔަން ރުފިޔާ އިތުރަށް ފައިދާވާ ވާހަކަ. މިމައްސަލައިގައި މެންބަރުން ރަނގަޅު ވާހަކައެއް ވިދާޅުވޭ، ދައުލަތަށް ގެއްލުންވާ ގޮތަށް ކަމެއްކުރައްވާފައިވާނަމަ މައްސަލަ ބަލަންޖެހޭކަމަށް. މިދިޔަ 5 އަހަރު ތެރޭގައި މިމައްސަލައަށް އިހުމާލުވެ އެއްވެސް ހައްލެއް ނުހޯދާ ދައުލަތަށް ފައިދާ ވާން އޮތް މައްސަލައެއްގައި ގެއްލުންދީފައި ވާތީއޭ ކުރީގެ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ކުރުމަށް އޭސީސީއަށް ހުށަހަޅާނަން"

ވަޒީރު އިހުސާން 

ބެސްޓިނެޓުން ބަލަހައްޓަމުންދިޔަ "އެކްސްޕެޓް އޮންލައިން ސިސްޓަމަކީ" ބަންގްލަދޭޝުން ރާއްޖެ އަންނަ މަސައްކަތްތެރިންގެ މެޑިކަލް އަދި އެނޫންވެސް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތާގުޅޭ ނިޒާމެކެވެ. ނަމަވެސް 2019ވަނަ އަހަރު، ބަންގްލަދޭޝުން ބިދޭސީން ރާއްޖެއަށް ގެނައުން ނިމިދިޔަ ސަރުކާރުން މެދުކަނޑާލީ އެ ޚިދުމަތްދެމުން ދިޔަ ކުންފުންޏާއި ވާހަކަދެކެވިގެން ނޫންކަން އިޙްސާން މީގެ ކުރިންވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.