ވަޒީރު އަލީ އިހްސާން މިއަދުގެ މަޖިލީހުގައި: ފޮޓޯ/ މަޖިލިސް
ހަބަރު
25 Feb 2025 | 12:26
ވަގަށް މީހުން ވެއްދިނަމަ ޕާޓީއަށް 40،000 ހާސް މީހުން ވައްދާނަން: އިހްސާން

ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީސް ތެރޭގައި 'ވަގު ފޯމު'ތަކެއް ފުރުއްވިނަމަ ފުރުއްވާނީ 40،000 ފޯމު ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އިހްސާންގެ އިތުބާރު ނެތް ކަމަށް ބުނެ، އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގެ މިއަދުގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފައުވާއިރު، އެމްޑީޕީން ހުށަހެޅި އެ މައްސަލާގައި އެ ޕާޓީން ވަނީ، އިހްސާންގެ ބެއްލެވުމުގެ ދަށުން ހިންގާ، ޑީއެންއާރުގެ މައުލޫމާތު ބޭނުންކޮށްގެން ވެރިކަން ކުރާ ޕީއެންސީއަށް މެންބަރުން ވެއްދި ކަމަށް ތުހުމަތު ކޮށްފައެވެ. 

އެ ތުހުމަތުތައް ދޮގު ކުރައްވައި އިހްސާން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީއަށް  މެންބަރުން އިތުރު ކުރުމަށް ކުރި މަސައްކަތުގެ ތެރޭގައި އެ ޕާޓިއަށް 40،000 މެންބަރުން ވައްދާފައިވާ ކަމަށެވެ. 

އެހެނީ ޑީއެންއާރުގެ ތެރެއިން އެގޮތަށް ވައްދާނަމަ، މީހުންގެ މައުލޫމާތު ނަންގަވައިގެން ފޯމުތައް ހުށަހަޅާއިރު އެންމެ 17،000 ވައްދަންވީ ސަބަބެއް ނެތް ކަމަށް ވަޒީރު ވިދާޅުވުއެވެ. 

"މިދިޔަ ދުވަސްތަކުގައި ޕީއެންސީއަށް 40،000 އަށްވުރެ ގިނަ ފޯމު ވެއްދިއިރުގައި އަޅުގަނޑު ޑީއެންއާރުގެ ޑޭޓާ ބޭނުންކޮށްގެން ފޯމު ވެއްދި ނަމަ 1،700 ފޯމެއް ނޫން އަޅުގަނޑު ވައްދާނީ. އެ ނިޒާމުން އަޅުގަނޑުމެން މީހުން ވެއްދި ނަމަ އަޅުގަނޑު 40،000 މީހުން ވައްދާނަން. ކީއްކުރަންތޯ އެހެން މީހުންނަށް އެހާ ބުރަކޮށް މަސައްކަތް ޖައްސަނީ؟ މިއީކީ ތާކުންތާކުޖެހޭ ވާހަކައެއް ނޫން،“

ވަޒީރު އިހްސާން

ވަޒީރު އިތުރަށް ވިދާޅުވީ، ޑާޓާ ބޭސްގައި ދެލައްކަހަތްދިހަ ހާހަށްވުރެ ގިނަ ވޯޓު ލެވޭ މީހުންގެ މައުލޫމާތު ހިމެނޭ ކަމަށާ، އެހެން ކަމުން ބޭނުން ނަމަ ގިނައިންވެސް ވެއްދޭނެ ކަމަށާ، ނަމަވެސް އެފަދައިން ވަގަށް ފޯމެއް ވައްދާފައި ނުވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.