ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލް މަޖިލީހަށް ބަލައިގެންފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކޮށްލުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ.
މިބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްވީ 64 މެންބަރުންގެ ތާއީދާ އެކު އެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
ސްޕްރީމްކޯޓުގެ ބެންޗު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ސްޕްރީމްކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން ހުށަހެޅި މި ބިލް ހުށަހެޅީ މީގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗު އޮތްގޮތަށް ބޭއްވުމެވެ.
ބިލްގެ އިބްތިދާއީ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ މިއީ ޝަރުއީ ދާއިރާއަށް ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުގައި މިވަގުތު ހިނގަމުންދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު 2014 ވަނަ އަހަރު ވަނީ އެ ކޯޓްގެ ބެންޗު ފަހަކަށް ބަދަލުކޮށްފައެވެ. އޭގެފަހުން ސްޕްރީމްކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists