މިއަދު އޮތް ކޮމެޓީ ބައްދަލްވުން
ހަބަރު
25 Feb 2025 | 20:17
ވަރަށް ހަލުވި، ބެންޗު ކުޑަކުރަން ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

މި މައްސަލަ 64 މެންބަރުންގެ ތާއީދާއެކު މިއަދު މަޖިލީހަށް ބަލައިގަނެ ޖުޑިޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

ކޮމެޓީގެ ބައްދަލްވުމެއް މިއަދު ހަވީރު ވަނީ ބާއްވާފަ އެވެ. އެ ބައްދަލްވުމުގައި ބިލް އޮތްގޮތަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ވޯޓެއް ނުދެއްވަ އެވެ.

އަދި ކޮމެޓީގައި ހިމެނޭ އެމްޑީޕީގެ ދެ މެންބަރަކު ވެސް ވޯޓެއް ނުދެއްވަ އެވެ. 

ސްޕްރީމްކޯޓުގެ ބެންޗު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ސްޕްރީމްކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން ހުށަހެޅި މި ބިލް ހުށަހެޅީ މީގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗު އޮތްގޮތަށް ބޭއްވުމެވެ.

ބިލްގެ އިބްތިދާއީ ބަހުސްގައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ މިއީ ޝަރުއީ ދާއިރާއަށް ވަކިން ހާއްސަކޮށް ސުޕްރީމް ކޯޓުގައި މިވަގުތު ހިނގަމުންދާ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. 

ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު 2014 ވަނަ އަހަރު ވަނީ އެ ކޯޓްގެ ބެންޗު ފަހަކަށް ބަދަލުކޮށްފައެވެ. އޭގެފަހުން ސްޕްރީމްކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައެވެ.

އަދި އޭރު ތިބި ހުރިހާ ފަނޑިޔާރުން ވަކިކޮށް އާ ފަނޑިޔާރުން ވަނީ އައްޔަނު ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.
15 Sep 2026
އެމްއެންޔޫގެ "ސާގާފީ ސައި" ހަރަކާތް ފަށައިފި
ތަފާތު ޤައުމުތަކާއި ސަގާފަތްތަކުން އެމްއެންޔޫގައި ތަޢުލީމު ޙާޞިލުކުރާ ދަރިވަރުން އެއް ޕްލެޓްފޯމަކުން ގުޅުވައިލުމުގެ ބޭނުމުގައި ބޭއްވި މި ހަރަކާތް މިހާރު ވެފައި ވަނީ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ޙަރަކާތަކަށެވެ. ދަރިވަރުންގެ މެދުގައި ގާތް ގުޅުމެއް ބިނާކޮށް ސަގާފީ ހޭލުންތެރިކަން އިތުރުކުރުމަކީ މި ހަރަކާތުގެ މައިގަނޑު މަޤުޞަދެވެ.
15 Sep 2026
ޕީއެންސީން ހަމަނުޖެހުމަށް ޖާގަ ނުދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި
ޒިންމާދާރުކަން ކުޑަ ޢަމަލުތަކުން ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޕީއެންސީގެ ލަޝްކަރުން ޖާގަ ދީގެން ނުވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، ޤައުމު އިސްކުރުމަށް ގޮވައިލައްވައިފިއެވެ.
15 Sep 2026
ސްޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައެއް ނޫން
ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެމަނިކުފާނު ފަނޑިޔާރުންނަށާއި ސިޔާސީންނަށް އަނިޔާވެރިވި ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.