ބަޔަކު އުމްރާއަށް ދަނީ-
ވިޔަފާރި
27 Feb 2025 | 12:10
އަޔާދީ ތަކާފުލް އަށް 11 އަހަރު؛ ޙައްޖާއި ޢުމްރާވެރިންނަށް ޚާއްޞަ ހަދިޔާއެއް

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކުންފުނީގެ އެންމެ މަޤުބޫލު އެއް ހިދުމަތް ކަމުގައިވާ "ޙައްޖު އަދި ޢުމްރާ ތަކާފުލް"ގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. 

50% އަށް ވުރެ ބޮޑު ޑިސްކައުންޓަކާއި އެކު ގެނެސްފައިވާ މިބަލުގެ ދަށުން، މިހާރު ކޮންމެ ޙައްޖު އަދި ޢުމްރާވެރިއަކަށްވެސް 300 ރުފިޔާއަށް މިޕްލޭންބައްލަވައިގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ދަތުރުމަތީގައި ދިމާވެދާނެ ޞިއްޙީ އަދި މާލީ ގެއްލުން ލިބޭ ހާލަތްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޙައްޖު ތަކާފުލް ކުރިން ފޯރުކޮށްދީފައިވާ އަގަކީ 750 ރުފިޔާއެވެ. އަދި ޢުމްރާ ތަކާފުލް ކުރިން ފޯރުކޮށްދެމުންދިޔަ އަގަކީ 550 ރުފިޔާއެވެ.

އަޔާދީ ތަކާފުލްއިން މަޢުލޫމާތު ދޭ ގޮތުގައި ވޭތުވެދިޔަ 11 އަހަރުވެސް ކުންފުނީގެ މައިގަނޑު އަމާޒަކަށްވެފައިވަނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ، އިސްލާމީ ޝަރީއަތާ ރައްޓެހިއިންޝުއަރަންސް ނިޒާމެއް ޤާއިމްކުރުމަށެވެ.

އެގޮތުން، މިފަހަރު މިގެނެވުނު ބަދަލާއި އެކު ޙައްޖު އަދި ޢުމްރާއަށް ދާ ފަރާތްތަކަށް ޕްލޭން ނެގުމަށްޓަކައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އިން ޙައްޖާއި ޢުމްރާވެރިންނަށް ޑޮލަރު ދޫކުރަމުންދާ، ސަލްމާން މިސްކިތުގެ 5ވަނަ ފަންގިފިލާއިން ޙައްޖާއި ޢުމްރާއަށް ޙާއްޞަ ތަކާފުލް ޕްލޭންގެ މަޢުލޫމާތު ސާފުކޮށް، ނެގޭނެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

މިޚިދުމަތް ލިބޭނެ ގަޑިތަކަކީ 27 ފެބްރުވަރީއާއި ހަމައަށް ހެނދުނު 9 އިން 2 އަށެވެ. އެއަށްފަހު، 13 މާރިޗުގެ ނިޔަލަށް ޚިދުމަތަށް ޚާއްޞަކުރެވިފައިވާ ގަޑިއަކީ ހެނދުނު 9 އިން 11:30 އަށެވެ. 

މީގެ އިތުރުން، ކުރިއެކޭވެސް އެއްގޮތަށް މައި އެލައިޑް ޕޯޓަލާއިhttps://myallied.mv/hajj-umrah/hajj-umrah-takaful އެލައިޑް އެޕް މެދުވެރިކޮށް ވަގުތުން މިޕްލޭން ބައްލަވައިގަނެވޭނެ ކަމުގައި އަޔާދީއިން މަޢުލޫމާތު ދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.