ހަބަރު
27 Feb 2025 | 12:56
ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން؛ 2695 ޝަރުތު ހަމަ ނުވޭ!

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓް މިއަދު އާއްމު ކުރާއިރު، ފްލެޓު ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މުއްޠަލިބު ވިދާޅުވި ގޮތުގައި ވެރިފިކޭޝަން ޕްރޮސެސް ގައި ޗެކުކުރެވުނީ 4939 ފޯމެވެ. އެ ފޯމު ތަކުގެ ތެރެއިން؛

* ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓް ލިބުނީ، 1423 ފަރާތެއް

* ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓް ލިބުނީ، 397 ފަރާތެއް

* އެހެންކަމުން އާއްމުކޮށްފައިވާ ލިސްޓުގައި ފުލެޓް ލިބޭ ކަމަށް ކަނޑައަޅާފައުވަނީ 1820 ފަރާތެއް

* 2695 ފޯމު ޝަރުތު ހަމަ ނުވޭ 

* ޕޮއިންޓަށް އައި ބަދަލާއެކު 424 ފަރާތެއް ލިސްޓުން އުނިވެފައިވޭ

ވަޒީރު ވިދާޅުވީ ފުލެޓް ލިސްޓު މިއަދު އާއްމު ކުރުމާއެކު، ފުލެޓް ނުލިބޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާ، އަދި ލިބުނު ފަރާތްތަކުގެ ތެރެއިން މައްސަލައެއް ފާހަގަނުވާ ފަރާތްތަކަށް ފުލެޓް ހަވާލުކުރުނުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ކުރީގެ ރައީސް ސޯލިހްގެ ވެރިކަމުގައި ފެށި ގެދޮރުވެރިޔާ މަަޝްރޫއުން ފްލެޓް ލިބުނު މީހުން ކަނޑައަޅާ އިއުލާނު ކުރި އެވެ. އެ ލިސްޓް ނެރުނީ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެވެ.

އެ ލިސްްޓްގައި ހިމެނޭ ބައެއް މީހުންނަކީ ނުހައްގުން ނުފޫޒު ބޭނުންކޮށްގެން ލިސްޓްގައި ޖައްސާފައިވާ މީހުން ކަމަށް ބެލެވި އޭސީސީން މައްސަލަ ބެލި އެވެ. އޭސީސީގެ ތަހުގީގުން އެނގުނީ ލިސްޓްގެ 60 ޕަސެންޓް ގޯސް ކަމެވެ.

ފްލެޓް ލިސްޓް ނެރެން ސަރުކާރުން މި ނިންމީ ލިސްޓް އާންމު ކުރާނެ ކަމަށް ބުނެ މި ސަރުކާރުން އެތައް ތާރީހެއް ދިނުމަށް ފަހު އެވެ.

ކޮމެންޓް
ހަތަރެއް
މި މަޑު ކުރަނީ އަހަރެންގައި ޖަހަން ދެން
27 Feb 2025
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.