ލޮނުމެދުތަކެއް...
ހަބަރު
01 Mar 2025 | 20:58
އެސްޓީއޯއިން ބާޒާރަށް ލޮނުމެދު ނެރުމާއެކު، އަގުތަށް ދަށަށް!

ބާޒާރުގައި ލޮނުމެދުގެ އަގު ރެކޯޑް މިންވަރަކަށް އުފުލިފައިވަނިކޮށް އެސްޓީއޯއިން ބާޒާރަށް ލޮނުމެދު ނެރެ އުފުލެމުންދިޔަ ލޮނުމެދުގެ އަގުތައް ތިރިކޮށްލައިފިއެވެ.

މާލޭ ބާޒާރުގައި މިއަދު ލޮނުމެދު ކިލޯއެއްގެ އަގު ވަނީ 100 ރުފިޔާއަށް އަރާފައެވެ. ބައެއް ފިހާރަތަކުން މިއަދު ލޮނުމެދު ނުވެސް ލިބެއެވެ. ބާޒާރުން ލޮނުމެދު ލިބުން ދަތިވުމާ ގުޅިގެން އެސްޓިއޯއިން ވަނީ ބާޒާރަށް ލޮނުމެދު ނެރެފައެވެ. އެސްޓީއޯއިން ލޮނުމެދު ވިއްކީ ކިލޯއެއް 45 ރުފިޔާއަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލޮނުމެދު ވިއްކަން ފެށުމާއެކު އޭގެ އަގުތައް ވަނީ ދަށަށްދާން ފަށާފައެވެ.

ލޮނުމެދުގެ އިތުރުން އެސްޓީއޯއިން ވަނީ އެކުންފުނިން ބާޒާރަށް ނެރެމުންދިޔަ ފިޔާ، ބިސް އަދި އަލުވީގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. 

އެސްޓީއޯއިން މިއަދު ތަކެތީގެ އަގުތަކަށް ގެނައި ބަދަލު:

- ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ

- ބިސް: ކޭހެއް 350 އަށް، ވަކިން 2 ރުފިޔާ

- އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރިފިޔާއަށް

މިއީ އެސްޓީއޯއިން ރަމަޟާން މަހަށްވާ ހާއްސަ ކޮއްގެން ފިޔާ، ބިސް، އަދި އަލުވި ބާޒާރަށް ނެރެންފެށިފަހުން ބާޒާރުގެ އަގުތަކަށް ބަދަލުގެނައި 4 ވަނަ ފަހަރުކަމަށް އެކުންފުނިން ބުނެއެވެ. 

ރަމަޟާން މަހަށް ޚާއްޞަކޮށް އެސްޓީއޯއިން އެތެރެކުރާ މައިގަނޑު ތަކެތީގެ ތެރޭގައި ފިޔާ، ބިސް އަދި އަލުވި ހިމެނެއެވެ. އެސްޓީއޯއިން ބުނީ، މި ތަކެތި އެތެރެ ކުރުމުގެ މައިގަނޑު ބޭނުމަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުން ކަމަށެވެ.

އެސްޓީއޯއިން ތަކެތީގެ އަގުތައް ކަނޑައަޅަނީ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހުއެވެ. ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، ރައްޔިތުން އެންމެ އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެސްޓީއޯއިން އެންމެ އިސްކަންދޭ އެއް ކަންތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.