އެމްޑަބްލިއުއެސްސީ.. ފޮޓޯ: ފެން ކުންފުނި
ހަބަރު
01 Mar 2025 | 22:42
އެމްޑަބްލިއުއެސްސީގެ އެޕުން ބިލް ދައްކައިގެން އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު!

ޤައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށް ފެންބިލް ދައްކާ ޑޮމަސްޓިކް ކަސްޓަމަރުންނަށް އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިއަހަރަކީ އެކުންފުންޏަށް 30 އަހަރު ފުރޭ އަހަރުކަމަށް ވުމާއި ، އެ މުނާސަބަތާއި އަދި ރަމަޟާންމަހާއި ގުޅުވައިގެން "އެކުވެރި ރޯދަ30" ނަމުގައި އެކުންފުނީގެ އެޕް މެދުވެރިކޮށް ބިލްދައްކާ ޑޮމަސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާކަމަށެވެ. 

މި ޕްރޮމޯޝަނުގެ މަޤްސަދަކީ ރަމަޟާންމަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާއެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއު އެސްސީގެ އެޕަށް އަހުލުވެރިކުރުވުމެވެ. އަދި ބިލް ދެއްކުމަށް ކައުންޓަރުޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއަޅައި، ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕުން ބިލްތައް ދައްކައި ވަގުތު ސަލާމަތްކުރުމެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމެވެ. 

އެމްޑަބްލިއުއެސްސީގެ މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މާޗްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެކުންފުނިގެ ޑޮމަސްޓިކް ކަސްޓަމަރުންނަށެވެ. އަދި ޕްރޮމޯޝަނުގައި އެޕްލިކޭޝަން މެދުވެރިކޮށް ބިލްތައް ދެއްކުމާއި، ޕްރޮމޯޝަން ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފަިއވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނެތް ކަސްޓަމަރަކަށް ވާންޖެހޭނޭކަމަށްވެސް ފެންކުންފުނިން ޝަރުތު ކަނޑައަޅައެވެ.

ފެންކުންފުނިން ބުނީ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކުން އިއުލާނުކުރާތާ 1 އަހަރުދުވަހުގެ ތެރޭގައި އުމްރާ ދަތުރު ބޭނުންކޮށް ނިންމަންވާނޭ ކަމަށެވެ. އުމްރާ ދަތުރު ލިބުނު ފަރާތަށް އެހެން މީހަކަށްވެސް އެ ދަތުރު ބަދަލުކުރެވިދާނެއެވެ. 

ގުރުއަތުން ހޮވޭ ފަރާތްތައް އިއުލާނުކުރުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީގެ ސޯޝަލް މީޑިއާ، ވެބްސައިޓް، އަދި ކަސްޓަމަރުންނަށް އެހެނިހެން މައުލޫމާތުތައް ފޯރުކޮށްދޭ  ވަސީލަތްތައް މެދުވެރިކޮށްކަމަށް އެކުންފުނިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ނަޝީދަށް ދައުލަތުގެ ވެރިކަން ދޭގޮތަށް އެއްބަސްވުމަކީ އެމްޑީޕީ އެކުވެރިވާނެ ކަމެއް ނޫން: ފަޒްނާ
"އަޅުގަނޑުގެ ޕޮއިންޓަކީ ވަކި އަތަކަށް ނުޖެހި އިންސާފުވެރި ކަމާއެކު މަސައްކަތް ކުރަން ޖެހޭ މަޤާމަކަށް ވަކިއަތަކަށް ޖެހިގެން ހުރިމީހަކު އައިސްގެން ޕާޓީގެ އެކުވެރި ކަމެއް ނުދެމެހެއްޓޭނެއޭ އެވެ,"
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.