ޓޫރިސްޓުންތަކެއް ރަށެއްގައި
ހަބަރު
02 Mar 2025 | 17:29
ފަތުރުވެރީންނަށް ކާންދިނުމުގައި އާންމުންނަށް ނުފެންނާނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް ވަޒީރުގެ އިލްތިމާސް އެއް

ލޯކަލް ޓޫރިޒަމް އާއި ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ރޯދަ މަހު ޓޫރިސްޓުން ކާންދިނުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރުމަށް މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވާމަންޓް އާދަމް ޝަރީފް އުމަރު އިލްތިމާސް ކުރައްވައިފި އެވެ.

މިނިސްޓަރު މިކަމަށް އިލްތިމާސް ކުރެއްވީ އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރުގެ ޕޯސްޓްގައި ވިދާޅުވީ ލޯކަލް ޓޫރިޒަމް އާއި ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި ރޯދަ މަހު ޓޫރިސްޓުން ކާންދިނުމުގައި ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް، އާންމުންނަށް ނުފެންނާނެ ގޮތަކަށް ހިދުމަތް ދިނުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި މިހާރު ގެސްޓް ހައުސްތައް ހިންގަ އެވެ. ބައެއް ރަށްރަށުގައި ވަރަށް ފުޅާ ދާއިރާއެއް ގައި އެ ހިދުމަތް ދެ އެވެ. ރަށުގެ އާބާދީއަށް ވުރެ ޓޫރިސްޓުން ގިނަ ރަށްތައް ވެސް ހުރެ އެވެ.

ބައެއް ރަށްރަށުގައި އުސޫލާއި މުޅީން ހިލާފަށް ފަތުރުވެރިންނަށް ހިދުމަތް ދިނުމާއި އުސޫލާއި ހިލާފަށް ފަތުރުވެރީން އުޅޭ މައްސަލަ ބޮޑެވެ. ރޯދަ މަހު ދުވާލު އާންމުންނަށް ފެންނާނެހެން ކެެެއިން ބުއިމުގެ ކަންކަން އިންތިޒާމުކޮށްފައި ހުރުމާއި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާންމުންގެ ތެރޭގައި އުޅުމާއި އާންމުންނަށް ހާއްސަ ބީޗުތަކުގައި ޓޫރިސްޓުން ތިބުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.