ސްކޭމް ހަރަކާތްތަކަށް އިންޒާރުކޮށްދޭ ޕޯސްޓެއް
ހަބަރު
02 Mar 2025 | 19:50
ސަލަފުގެ ނަމުގައި ފޭސްބުކުގައި ފޭކު އެކައުންޓެއް، ސަމާލުވާތި!

ޖަމިއްޔަތުއްސަލަފްގެ ނަމުގައި ފޭސްބުކްގައި ފޭކް އެކައުންޓެއް ހިންގަމުންދާ ކަމަށާ އެކަމަށް އާންމުން ސަމާލުވުމަށް އެ ޖަމިއްޔާ އިން އެދިއްޖެ އެވެ.

ސަލަފުން ބުނީ އެކަން ފުރަތަމަ ޖަމިއްޔާގެ ސަމާލުކަމަށް އައީ "ސަލަފް ރޯދަ ހަދިޔާ” އިވެންޓުގެ ހަރަކާތްތައް ފެށި ހިސާބުންނެވެ. އޭރުވެސް އެކަން ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ބުންޏެވެ.

“އަޅުގަނޑުމެންގެ ޕޭޖްގައި ކޮމެންޓްކޮށް، ހަދިޔާ ލިބިފައިވާކަމަށް މީހުންނަށް ޓެގްކޮށް ހަދަމުންދަނީ. އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން ފޯނުކޮށް، އެކަން ހިއްސާކުރަމުންދޭ,” އެ ޖަމިއްޔާގެ ސެކްރެޓަރީ މުހައްމަދު ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން، ރަމަޟާންމަހުގެ ސުވާލު މުބާރާތްތަކުގައި ޖަވާބު ދީފައިވާ ފަރާތްތަކަށް ވެސް މި ފޭކް އެކައުންޓުން ޓެގްކޮށް މަރުހަބާ ކިޔާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލަފުން ބުނީ އެ ޖަމިއްޔާ އިން އެއްވެސް ފަރާތަކަށް ފްރެންޑު ރިކުއެސްޓެއް ނުފޮނުވާނެ ކަމަށާ ނަސީބުވެރިޔާ ޓެގެއް ވެސް ނުކުރާނެ ކަމަށެވެ.

އެހެން ކަމުން މިފަދަ ކަންކަމަށް ސަމާލުވެ ތިބުމަށާ މިފަދަ ޣައިރު ގާނޫނީ އަމަލުތައް ހިންގާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ނަސޭހަތްތެރިވާ ކަމަށް ސަލަފުން ބުންޏެވެ.

ސަލަފްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނޫނީ އެހެން އެއްވެސް އެކައުންޓަކުން ޖަމިއްޔާގެ ނަމުގައި މުއާމަލާތެއް ނުކުރާނެ ކަމަށާ އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ވަގުތުން ޖަމިއްޔާއަށް އެންގުމަށް ވެސް ވަނީ އެދިފަ އެވެ.

ސަލަފުގެ ނަމުގައި ފޭކު އެކައުންޓެއް ހަދާ ހިންގަން ފެށީ ވަރަށް އަގުބޮޑު އިނާމުތަކެއް ލިބޭ ގޮތަށް އެ ޖަމިއްޔާ އިން ރޯދަ ހަދިޔާ ނަމުގައި ހަރަކާތެއް ފެށުމުންނެވެ. އެ ހަރަކާތުގައި 101 އިނާމު ދިނުމަށް ނިންމި އެވެ. އެ ހަރަކާތް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވަން މަސައްކަތް ކުރި އެވެ. ނަމަވެސް މޫސުން ގޯސްވެ އެ ހަރަކާތް ވަނީ ފަސްކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.