މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ހަބަރު
02 Mar 2025 | 20:55
ކާބޯތަކެތީގެ އިޝްތިހާރުކުރުމާ ގުޅޭ އުސޫލު އިތުރަށް ސާފުކޮށްދީފި

ކާބޯތަކެތީގެ އިޝްތިހާރުކުރުމާ ގުޅޭ އުސޫލު އިތުރަށް ސާފުކޮށްދީފި އެވެ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިޝްތިހާރު ކުރުމާބެހޭ ގަވާއިދުގެ ދަށުން އެ އޮތޯރިޓީއަށް ހުށައަޅައިގެން ހުއްދަ ހޯދުމަށް ގަވާއިދުގައި ބަޔާންކޮށްފައި ވަނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތްތައް ނުވަތަ އެއްޗެއްގެ މަގުބޫލުކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ހަރަކާތްތަކަށް ކަމަށެވެ.

ރެސްޓޯރަންޓް ފަދަ ތަންތަނުގައި ބޭނުން ކުރާ "މެނޫ" އަދި ކާބޯތަކެތީގެ ހިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ލިބެން ހުރި ކަމަށް ބުނެ އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރު ކުރާ ފަރާތްތަކުން ނުވަތަ މި ނޫންވެސް މިފަދަ އެހެން ފަރާތްތަކުން ވާޗުއަލް ޕްލެޓް ފޯމް ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓްތައް އިޝްތިހާރުގެ ގޮތުގައި ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް މިގޮތަށް ކޮށްފައިވާ ޕޯސްޓްގައި ހިމެނޭ ކާބޯތަކެއްޗަކީ ދެވަނަ އެއް ނެތް ނުވަތަ އެހެން ކާބޯތަކެއްޗާއެކު އަޅައިކިޔުން ފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ނުވަތަ އެ ނޫންވެސް އެ ކާބޯތަކެއްޗެއްގެ މަގުބޫލުކަން ދޭހަވާފަދަ ކަމެއް ހިމަނާފައިވާނަމަ އެ އޮތޯރިޓީން ހުއްދަ ލިބިގެން ނޫނީ ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ވެސް ބުންޏެވެ.

ކާބޯތަކެތި އިޝްތިހާރު ކުރުމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެދި ހުށައަޅާނީ ދިރިތި ޕޯޓަލް މެދުވެރިކޮށެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.