ބާޒާރުގެ އަގުތައް އެނގޭނެ އަގުމަގު ޕޯޓަލް އިފްތިތާހު ކުުރުން
ހަބަރު
02 Mar 2025 | 21:08
ބާޒާރުގެ އަގުތައް އެނގޭނެ އަގުމަގު ޕޯޓަލް: އާންމުންނަށް ބޮޑު ފަސޭހައެއް

މިއަހަރުގެ ރޯދަ މަހު ބާޒާރުގައި ތަކެތީގެ އަގު ފަސޭހައިން ބަލާލެވޭނެ ގޮތް ހެދުމަށް އިކޮނޮމިކް މިނިސްޓްރީން ފަރުމާކުރި "އަގުމަގު" ޕޯޓަލުން އާންމުންނަށް ބޮޑު ފަސޭހައެއް ލިބިދީފި އެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެ ޕޯޓަލް އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ޕޯޓަލް އިފްތިތާހު ކުރައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިފަދަ ޕޯޓަލެއްގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކޮށް ދިނުން ކަމަށެވެ. ރޯދަ މަހަކީ ގިނަ އަދަދަކަށް ކާބޯތަކެތި ގަންނަ ދުވަސްވަރެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެންމެ ހެޔޮ އަގުގައި ކާބޯތަކެތި ލިބެން ހުންނަ ތަންތަން އެނގުމަކީ ރައްޔިތުންނަށް ލިބޭނެ ބޮޑު ފަސޭހައެއް ކަމަށެވެ.

"މި އެޕްލިކޭޝަންއިން ލިބޭނެ ފައިދާތަކުގެ ތެރޭގައި ވިޔަފަރިވެރިންނަށް އަޅުގަނޑުމެން ދޫކޮށްލާނަން އެ ބޭފުޅުން އަމިއްލަ އަށް އެޕްލިކޭޝަންގައި އަގު ޕޯސްޓްކުރަން ފުރުސަތު. ދެން އޮތް މަރުހަލާއަކީ އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި އެޕްލިކޭޝަންގެ ބޭނުމަކީ އަސާސީ ކާބޯތަކެތި ރައްޔިތުންނަށް އަގުހެޔޮކޮށް ގަނެވޭނެ މަގު ފަހިކޮށް ދިނުމެވެ. ހާއްސަކޮށް އަސާސީ ކާބޯތަކެތީގެ ހެޔޮ އަގުތައް އެއް ތަނަކުން ފެންނާނެ ގޮތް މެދުވެރިވާނެ އެވެ. މި ޕޯޓަލުން އަގުތައް ފެންނަން ހުންނާނީ އިކޮނޮމިކް މިނިސްޓްރީ އާއި ވުޒާރާގެ އިންސްޕެކްޝަން ޓީމްތަކުން ކޮންމެ ހަފްތާއަކު ފިހާރަތަކަށާއި ބާޒާރުތަކަށްގޮސް އެއްކުރާ މައުލޫމާތުގެ މައްޗަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަދި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) އެވެ.
14 Jul 2026
ރައީސުލްޖުމްހޫރިއްޔާ، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
14 Jul 2026
ތެލުގެ އަގު ފާއިތުވި އެއް މަސް ދުވަހު ނާރާ މިންވަރަށް އުފުލިއްޖެ
ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.68 ޑޮލަރު ނުވަތަ 2 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު ވަނީ 84.98 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑްގެ އަގު 1.65 ޑޮލަރު ނުވަތަ 2.1 އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު ވަނީ 79.79 ޑޮލަރަށް އުފުލިފައެވެ. މިއީ ޖޫން 17 ގައި ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް ސޮއިކުރި ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
13 Jul 2026
ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
13 Jul 2026
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑައިފި، އެކަންކުރި ބަޔަކު ކައުންސިލުން ހޯދަނީ
އަދި ބުނީ ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަަށެވެ.
13 Jul 2026
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
13 Jul 2026
ދިޔާޝް އަށް ހިމަބިހި ޖެހުނު، ނަމަވެސް ނިޔާވީ އެ ބަލީގެ ސަބަބުން ނޫން
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް ހިމަބިހި ޖެހުނީ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
13 Jul 2026
ވެމްކޯގެ ދުވަސްވީ އެންމެ ހިދުމަތްތެރި އެއް މުވައްޒިފު ނިޔާވެއްޖެ
މަސައްކަތުގައި އަޒްހީމްގެ ކިބައިން ފެނުނީ ހީވާގި ކަމާއި މުރާލިކަން ކަމުގައި ބުނެފައިވެ އެވެ. އަޒްހީމްގެ ވަކިވުމުން ފުން ހިތާމައެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.