މާލެސިޓީ... ފޮޓޯ: ވޮއިސް
ހަބަރު
02 Mar 2025 | 21:13
ރޯދަމަހު ފުރަތަމަ ދުވަހު ކަރަންޓް ބޭނުންކުރި މިންވަރު، ވަރަށްބޮޑުތަން ދަށަށްގޮސްފި

މިފަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ކަރަންޓް ބޭނުންކުރި މިންވަރު ވަރަށްބޮޑަށް ދަށަށްގޮސްފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، ވިއްސާރަ ދުވަހަކަށްވުމުންނާއި، ސްކޫލްތަކާއި އޮފީސްތައް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށަށްގޮސްފައި ކަމަށެވެ. 

އެގޮތުން މިދިޔަ ހޮނިހިރުދުވަހު އެންމެ ޕީކްގަޑީގައިވެސް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ 78 މެގަވޮޓް ކަރަންޓްކަމަށް ސްޓެލްކޯއިން ބުންޏެވެ. އެކުންފުނިން ބުނީ، ރޯދަ މަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު ޖުމްލަގޮތެއްގައި ހުރީ 100 މެގަވޮޓް އިން މަތީގަކަމަށެވެ.

ސްޓެލްކޯގެ ޕޯސްޓް

ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓް ބޭނުންކުރި މިންވަރު ދަށަށް ގޮސްފައިވާއިރު، ރަމަޟާންމަހާއި ހޫނުމޫސުމާ ދިމާވާތީވެ ސްޓެލްކޯއިން ވަނީ، މާލެ ސަރަހައްދުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ.

ސްޓެލްކޯއިން ވަނީ މިހިނގާ ރޯދަމަހުގެ ތެރޭގައި ގޭބިސީތަކުން ކަރަންޓް އިތުރަށް ބޭނުންކުރާނޭ ވަރު ބަލައި މިހާރުގެ ކަރަންޓް ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރާނޭކަމަށް ބުނެފައެވެ. 

މިދިޔަ އަހަރުވެސް ކަރަންޓް އެންމެބޮޑަށް ޕީކަށް އަރައިގެންދިޔައިރު، 114 މެގަވޮޓްގެ ކަރަންޓް ބޭނުންކޮށްފައިވާކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. ސްޓެލްކޯއިން ވަނީ މިފަހަރު އެއަދަދު 132 މެގަވޮޓަށް އަރާނޭކަމަށް ފާހަގަކޮށްފައެވެ. ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވިނަމަވެސް ކަރަންޓް ކަނޑަންޖެހޭ ހާލަތަށް ނުދާނޭކަމަށް ސްޓެލްކޯއިން ވަނީ ޔަގީންކަންދީފައެވެ. 

ކޮމެންޓް
އިއްބެ
އޭރުންކަރަންޓުބިލުޑަބަލްކުރަންޖެހޭނެ
02 Mar 2025
ނޮންނު
ވާރޭވެހުނީމަ އަދި އެއަށް ވުރެ ދަށްވާނެ ސްނޯފައިބާނަމަ
03 Mar 2025
ނަންނުގަތި
މިވެސް ދެން މާ ބޮޑު ޚަބަރެއް
04 Mar 2025
ގުޅޭ ލިޔުންތައް
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ