އާރްޓީއެލް ނަމުގައި ސްކޭމްއެއް އަންނަނީ ހިންގަމުން—
ހަބަރު
03 Mar 2025 | 11:21
އާރްޓީއެލް ބަސް ތަކުން ހިލޭ ދަތުރު ކުރެވޭނެ ކަމަށް ބުނެ ސްކޭމެއް، ސަމާލުވޭ!

އާރްޓީއެލް ބަސްތަކުން ހިލޭ ދަތުރުކުރެވޭނެ ކަމަށް ބުނެ ހިންގަމުންދާ ސްކޭމަކާ ގުޅޭ ގޮތުން ސަމާލުވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެދިއްޖެއެވެ. 

"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމަކަށް ކިޔާ ފޭސްބުކު ޕޭޖަކުން މި ސްކޭމް ހިންގަމުންދާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފައިވެއެވެ.

މި ޕޭޖުން ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ސްމާޓް ޕާސް" އަކާއެކު 3 މަސްދުވަހުގެ މުއްދަތަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށް އެ ސްކޭމް ހިންގާ ފަރާތާ ބައިވެރިވުމަށް އާރްޓީއެލްއިން ދަޢުވަތު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި 3 މަސްދުވަހުގެ މުއްދަތަށް ނުހަނު ގިނަ ދަތުރުތައް ކުރެވޭނެ 500 ކާޑު އެންމެ 34.64 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށާ، މި ޚާއްޞަ ޑީލް ލިބެން ހުންނާނީ 7 ދުވަހުގެ މުއްދަތަށް ކަމަށްވެސް ސްކޭމް ޕޭޖުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ބުނީ، އެ ކުންފުނީގެ ފަރާތުން އައު ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތައާރަފް ކުރާނަމަ، އެކަމެއް ރަސްމީކޮށް ފެށުމުގެ ކުރިން ކުންފުނިން އިއުލާން ކުރާނެ ކަމަށެވެ. އަދި އެ ސްކޭމް ހިންގާ ފަރާތާ އާރްޓީއެލް އާއި އެއްވެސް ގުޅުމެއް ނެތް ކަމަށާ އެފަރާތުން ދީފައިވާ ލިންކާ މެދު ސަމާލުވުމަށް އެކުންފުނިން އެދިފައިވެއެވެ. 

މީގެ އިތުރުން އެމްޓީސީސީން ވަނީ އެކުންފުނީގެ ބޭނުންކޮށް ރައްޔިތުންގެ އަތުން ނުހައްގުން ފައިސާ ހޯދުމަށް ކުރާ އެފަދަ ކަންކަން ކުށްވެރިކޮށްފައެވެ.  އަދި އެ ސްކޭމް ޕޭޖު ރިޕޯޓް ކުރުމަށްވެސް އެދިފައިވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.