މިފްކޯގެ ސީއީއޯ
ހަބަރު
03 Mar 2025 | 21:28
މަގާމުގައި ތިން މަސް؛ މިފްކޯގެ ސީއީއޯ ވަކިކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަގާމުން ވަކި ކުރައްވައިފި އެވެ.

ޕީސީބީން ދެންމެ ބުނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޮވް މިއަދު އެ މަގާމުން ވަކި ކުރައްވާފައިވާ ކަމަށެވެ.

ވިޓާލީ އަކީ މިފްކޯގެ ހިންގުން ހަރުދަނާ ކުރަން ބޭރުން ގެންނެވި ބޭފުޅެކެވެ. މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހު އެވެ.

ޑރ.ވިޓާލީ އަކީ ސްވިޒަރލޭންޑަށް ނިސްބަތްވާ މީހެކެވެ. ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާގެ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ.ވިޓާލީ އަކީ އެ މަގާމަށް އައްޔަނު ކުރީ މިފްކޯގެ ސީއީއޯގެ މަގާމު ހުސްވެފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު އެވެ. ޑރ.ވިޓާލީ ވަނީ ސްޓްރެޓީޖިކް ކްރައިސިސް މެނޭޖްމެންޓުގެ ދާއިރާއިން 20 އަހަރަށްވުރެ ގިނަ ދުވަހު ތަޖުރިބާ ހޯއްދަވާފައެވެ. މިފްކޯގެ ހިންގުން ވިޓާލީއާ ހަވާލުކުރީ ސީއީއޯއެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން އިއުލާނުކުރުމަށް ފަހު އެވެ.

ކުރީން އެ މަގާމުގައި ހުންނެވީ އަހުމަދު ސަމާހު ރަޝީދެވެ. އޭނާ ވަކިކުރީ މިދިޔަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ސަމާހު މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް ސަސްޕެންޑުވެސް ކުރުމަށްފަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ
09 Aug 2026
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި
ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ