ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމާފައިވާ ފްލެޓްތައް. ފްލެޓްތައް ހެދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން.. ފޮޓޯ: ވޮއިސް
ހަބަރު
04 Mar 2025 | 12:59
ފްލެޓް ލިސްޓާ ގުޅޭގޮތުން މިހާތަނަށް 675 ޝަކުވާ!

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމި 4،000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން މިހާތަނަށް 675 ޝަކުވާ ލިބިފައިވާކަމަށް އިމާރާތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އެމްޑީޕީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓް މުރާޖައާ ކުރުމަށްފަހު އަދުގެ ސަރުކާރުން އެ ލިސްޓް އާއްމުކޮށްފައިވަނީ، ހުސްވި ފެބުރުއަރީމަހުގެ 27 ވަނަ ދުވަހުއެވެ. އެއަށްފަހު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ، މިހިނގާ މާޗްމަހުގެ އެއްވަނަ ދުވަހުއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވޮއިސްއާ ހިއްސާކުރި މައުލޫމާތަށް ބަލާއިރު، ލިސްޓާ ގުޅޭގޮތުން މިހާތަނަށް 675 ޝަކުވާ ވަނީ ލިބިފައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ޝަކުވާ ލިބިފައިވަނީ 3 ކޮޓަރީގެ ފްލެޓާ ގުޅޭގޮތުންނެވެ. 3 ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭގޮތުން 452 ޝަކުވާ ލިބިފައިވާއިރު، ދެ ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭގޮތުން 223 ޝަކުވާ ވަނީ ލިބިފައެވެ.

ފްލެޓް ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ މާރިޗްމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ގެދޮވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ހުށަހެޅޭނެ އެވެ. މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް ބުުންޏެވެ.  

ފްލެޓު ދޭން ކަނޑައަޅާފައިވާ 4000 މީހުންގެ ލިސްޓް ބެލުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.