އއ ތޮއްޑޫ.. ފޮޓޯ: ވޮއިސް
ހަބަރު
04 Mar 2025 | 13:37
ރާއްޖޭގެ މޫސުން ރަނގަޅުވެއްޖެ!

ރާއްޖޭގެ ހުރިހާ ހިސާބުތަކަށް މޫސުން ރަނގަޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ރާއްޖޭގެ މޫސުން ރަނގަޅުވެ، ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް މަޑުވެފައިވާކަމަށެވެ. ރާއްޖޭގެ މޫސުން ރަނގަޅުވެފައިމިވަނީ ފަސް ދުވަސް ފަހުންނެވެ. މިއަދު މާލޭގެ ފިނިހޫނުމިން ހުރީ 

މިފަހުން މޫސުން ގޯސްވެ ރާއްޖެއަށް ކުރި ވިއްސާރާގައިވަނީ، ބައެއް ރަށްތަކުގައި ފެންބޮޑުވެ، އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިގޮތުން ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން 6 ރަށަކުން ރިޕޯޓްކުރިއިރު، ބައެއް ރަށްތަކުން ފެންބޮޑުވި ގޭތަކުގެ މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. 

މާލެއަށް ބަލާއިރު، މިފަހުން ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 35 ގޭގެ މީހުންނަށް އެހީތެރިކަން ދޭންޖެހުނުކަމަށް ޑިޒާސްޓާ އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ވެލިބަސްދާ ޖެހުމަށާއި އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވެގެން 1328 އަށްވުރެ ގިނަ ކޯލް ލިބިފައިވާކަމަށް ޑިޒާސްޓާ އޮފީހުން ވަނީ ބުނެފައެވެ. މީގެ ތެރެއިން 554 އަށްވުރެ ގިނަ މީހުން ރިކުއެސްޓްކޮސްފައިވަނީ ވެލިބަސްތާ ޖެހުމަށެވެ.

މޫސުންގޯސްވެ މިދިޔަ ދުވަސްތަކުގައި ކަނޑުމަތީގެ ނުރައްކާތެރި 2 ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެއް ހާދިސާއަކީ މިދިޔަ ހޮނިހިރުދުވަހު ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްގޮސް ހިނގި ހާދިސާއެވެ. އެ ހާދިސާގައި 48 މީހަކު ވަނީ ކަނޑުވެފައެވެ. އޭގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ.

އަނެއް ހާދިސާއަކީ ތިލަފުށި ކައިރިން ދަނިކޮސް ސްވެނިއާ ނަމަކަށްކިޔާ ލޯންޗެއް ފަޅައިގެންގޮސް އެ ލޯންޗް ދިޔަވި ހާދިސާއެވެ. މި ހާދިސާގައި ލޯންޗުގައި ތިބި 38 މީހަކު ވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފައެވެ.

ރާއްޖެއަށް ކުރި ވިއްސާރައަކީ އަވައްޓެރި ސްރީލަންކާގެ ސަރަހައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއާއި އެއާ ގުޅިފައިވާ ޓްރަފްގެ ސަބަބުން ކުރި ވިއްސާރައެއްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް