ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރަށަކުން މަރުހަބާ ކިޔަނީ
ހަބަރު
04 Mar 2025 | 14:44
ކޮމިޓީތަކުގެ މެންބަރުންނަށް ފުރަތަމަ ފަހަރަށް ރޯދަ އެލަވެންސް: ބޮޑު ހިތްވަރެއް، ކޮމެޓީތަކަށް އިތުރު ބާރުވެރިކަމެއް

އަންހެނުން ބާރުވެރިކުރުވާ ސިޔާސީ ގޮތުން ކުރިއަށް ދިއުމުގެ މަގު ފަހިކޮށް ދިނުމުގެ މަގުސަދު ގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތައް ވުޖޫދުކުރީ 2012 ވަނަ އަހަރު އެވެ. ނަމަވެސް އޭރު އެކަން ކުރެވުނީ ހަގީގީ މަގުސަދު ހާސިލުވާނެ ގޮތަކަށް ނޫނެވެ. ކޮމެޓީތަކުގެ މެންބަރުންނަށް ހާއްސަ އިނާޔަތެއް ނޯވެ އެވެ. އޮތީ ހަމައެކަނި މަސްއޫލިއްޔަތެކެވެ.

މިއީ ކޮމެޓީތަކުގެ މެންބަރުންގެ ބޮޑު ކަންބޮޑުވުމަކަށް ވި އެވެ. މުސާރައެއް, އިނާޔަތެއް ނެތި ހަމައެކަނި މަސްއޫލިއްޔަތެއް ހަވާލުކުރުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. އުޖޫރައެއް ނެތް ޒިންމާއެއް ހަވާލުކުުރުމަކީ އަންހެނުން ބާރުވެރި ކުރުވާ ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ މަގެއް ފަހިކޮށް ދިނުމަކޭ އަމުދުން ނުބުނެވޭނެ އެވެ.

މި ޝަކުވާތަކަށް ހައްލެއް ހޯދުމަށް މިދިޔަ އަހަރުތަކުގެ ތެރޭގައި އެކި ފަހަރުމަތީން ގާނޫނަށް ބަދަލު ގެނެސްފައިވެ އެވެ. އެންމެ ފަހުން ކޮމެޓީތަކަށް ކޮންމެވެސް ވަރެއްގެ އެލަވަންސްއެއް ދިނުމަށް ނިންމި އެވެ. ނަމަވެސް އެއީ ވެސް މުސާރައެއް ނޫނެވެ. ހަމައެކަނި އެލަވަންސް އެކެވެ. އެފަދަ އެހެން އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެއްވެސް އިނާޔަތެއް ނެތެވެ.

ރައީސް މުއިއްޒަށް މަރުހަބާ ކިޔަން ބަޔަކު އެއްވެ: ކޮމެޓީތަކުގެ މެންބަރުންނަަށް ފުރަތަމަ ފަހަރަށް ރޯދަ އިނާޔަތް ވަނީ ދީފައި

މުސާރަ ކޯޑުން ޖަމާނުވާތީ ކޮމެޓީތަކުގެ މެންބަރުންނަށް ލޯނެއް ނުވަތަ އެއްވެސް ސްކީމަކުން އެއްޗެއް ގަތުމުގެ ފުރުސަތެއް ނޯވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމަށް ވަޑައިގެންނެވިއިރު މިފަދަ އެތައް ކަންބޮޑުވުންތަކެއްގެ ވާހަކަ ކޮމެޓީތަކުގެ މެންބަރުން ދައްކާތާ އަހަރުތަކެއް ވެއްޖެ އެވެ. އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެންމެ ކުޑަމިނުން ރޯދަ މަހުގެ އިނާޔަތުން ވެސް އެ ކޮމެޓީތަކުގެ މެންބަރުން މަހުރޫމް ކޮށްފައިވުމެވެ. ޝަކުވާ ކިތަންމެ ބޮޑު ނަމަވެސް މިއިން އެއްވެސް ކަމަކަށް އޮތީ ހައްލު ނުވެ އެވެ.

އެހެން ކަމުން ރައީސް މުއިއްޒު, އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވަން ނިންމެވީ ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންގެ އަޑުއައްސަވައިގެންނެވެ. ރަށްރަށުގެ ކަންކަމުގައި ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ރައްޔިތުންގެ އަޑުއައްސަވައިގެންނެވެ. އަތޮޅުގެ ކަންކަމުގައި އަތޮޅު ކައުންސިލާއި ރަށްރަށުގެ ރައްޔިތުންގެ އަޑުއައްސަވައިގެންނެވެ. 

އެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވަން ފައްޓަވާފަ އެވެ. އެ ޒިޔާާރަތްތަކުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ރައްޔިތުންނާއި ބައްދަލު ކުރައްވާ އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވެ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މައިގަނޑު ކަންބޮޑުވުމަކީ ރޯދަ މަހުގެ އިނާޔަތް ލިބުމެވެ. މުސާރައެއް ނެތި އިނާޔަތެއް ލިބެމުން ދިއުމެވެ.

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މައްސަލަތައް ހައްލުކޮށް ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ ވަރަށް އަވަހަށް އެ މައްސަލަ ހައްލުކޮށް ދެއްވާފަ އެވެ. ގާނޫނަށް އިސްލާހު ގެނެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސާ މިހާރު ވަނީ ފުރަތަމަ ފަހަރަށް ކޮމެޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ޖަމާކޮށްދީފަ އެވެ.

"[ރޯދަ އިނާޔަތް ލިބުމަކީ] މިއީ އަޅުގަނޑުމެން މަސައްކަތް ކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް އަޅުގަނޑު ދެކެނީ. ކޮންމެ މީހަކުވެސް މަސައްކަތެއް ކުރުމުން އޭގެ އުޖޫރަ ލިބެންޏާ އެއީ އިތުރަށް ހިތްވަރެއް ލިބިގެންދާނެ. އެހެންވީމަ މި ހިތްވަރާއެކީ އަޅުގަނޑުމެން އަންހެނުން ބާރުވެރިކަމާއެކު ގައުމަށްޓަކައި، އަނހެނުންނަށްޓަކައި ކުރާ މަސަައްކަތް ފަށްފަށުން އިތުރުވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ," އަންހެނުންގެ ކޮމެޓީތަކަށް ފުރަތަމަ ފަހަރަށް ރޯދަ އިނާޔަތް ޖަމާވުމާއި ގުޅިގެން ރައީސް ވިދާޅުވި އެެވެ.

ރައީސް މުއިއްޒަށް މަރުހަބާ ކިޔަން ބަޔަކު އެއްވެ: ކޮމެޓީތަކުގެ މެންބަރުންނަަށް ފުރަތަމަ ފަހަރަށް ރޯދަ އިނާޔަތް ވަނީ ދީފައި

ރޯދަ އިނާޔަތް ލިބެން ފެށުމަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަންހެނުންގެ ކޮމެޓީތައް ބާރުވެރި ކުރުވަން ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ހެއްކެކެވެ. ކޮމެޓީތަކުގެ މެންބަރުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހާ ކަމުގެ މިސާލެކެވެ.

އަދި މިއީ އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވުމަށް ވެސް ހުޅުވުނު ދޮރެކެވެ.

ހއ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އާމިނަތު ނަހުލާ ވިދާޅުވި ގޮތުގައި ކޮމެޓީ މެންބަރެއްގެ ގޮތުގައި އޭނާ ހުންނަތާ 12 އަހަރުވީ އެވެ. މިދިޔަ ދިގު މުއްދަތުގައި ރޯދަ އިނާޔަތް ލިބިފައި ނުވުމަކީ ތަފާތު ކުރުމެވެ. އެއީ ހަމަހަކަން ނެތުމެވެ. ނަމަވެސް ރައީސް މުއިއްޒު, އެކަމަށް ސަމާލުކަން ދެއްވާ މައްސަލަ ހައްލު ކޮށްދެއްވާ ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ ބޮޑު ހިތްހަމަޖެހުމެކެވެ.

"ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެ ނިންމެވުމަށް އަޅުގަނޑާ، އަދި ކޮމިޓީގެ ހުރިހާ މެންބަރުންގެ ނަމުގައި ޝުކުރު އަދާކުރަން," ނަހުލާ ވިދާޅުވި އެވެ.

ރައީސްގެ ވިސްނުންފުޅަކީ ހުރިހާ ގޮތަކުން ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް ބާރުވެރި ކުރުވުމެވެ. ދެން އޮތީ އެލަވަންސްއެއްގެ ބަދަލުގައި މުސާރައެއްގެ ގޮތުގައި ކޮމެޓީތަކުގެ މެންބަރުންނަށް އުޖޫރަދޭން ފެށުމެވެ. އެކަން ކުރަން ފެށުމުން ލޯނު ނެގުމާއި ސްކީމްތަކުން ފުރުސަތު ލިބުމަށް އޮތް ހުރަސް ނެތި ދިޔައީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަދި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) އެވެ.
14 Jul 2026
ރައީސުލްޖުމްހޫރިއްޔާ، ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ޤަޠަރުގެ ކުރީގެ އަމީރު، ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، އެޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި ޝާހީ ޢާއިލާއަށް އިޙުތިރާމު އަދާކުރައްވައި ތަޢުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. ޤަޠަރުގެ ކުރީގެ އަމީރު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
14 Jul 2026
ތެލުގެ އަގު ފާއިތުވި އެއް މަސް ދުވަހު ނާރާ މިންވަރަށް އުފުލިއްޖެ
ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 1.68 ޑޮލަރު ނުވަތަ 2 އިންސައްތަ މަތިވެ، ފީފާއެއްގެ އަގު ވަނީ 84.98 ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިޔު.ޓީ.އައި) ކްރޫޑްގެ އަގު 1.65 ޑޮލަރު ނުވަތަ 2.1 އިންސައްތަ އިތުރުވެ، ފީފާއެއްގެ އަގު ވަނީ 79.79 ޑޮލަރަށް އުފުލިފައެވެ. މިއީ ޖޫން 17 ގައި ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ހުއްޓާލުމަށް ސޮއިކުރި ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
13 Jul 2026
ޤަޠަރުގެ އަމީރު، ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކުރައްވައިފި
މީގެ އިތުރުން ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޢަޒުމު ދެ ޤައުމުން ހިއްސާކުރާކަން ހާމަކުރައްވާފައެވެ.
13 Jul 2026
ވިލިމާލޭގައި ހުރި ބޮޑު ގަހެއް ކަނޑައިފި، އެކަންކުރި ބަޔަކު ކައުންސިލުން ހޯދަނީ
އަދި ބުނީ ގަސް ކެނޑިބަޔަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަަށެވެ.
13 Jul 2026
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.
13 Jul 2026
ދިޔާޝް އަށް ހިމަބިހި ޖެހުނު، ނަމަވެސް ނިޔާވީ އެ ބަލީގެ ސަބަބުން ނޫން
ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ޒުވާނާއަށް ހިމަބިހި ޖެހުނީ ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށެވެ.
13 Jul 2026
ވެމްކޯގެ ދުވަސްވީ އެންމެ ހިދުމަތްތެރި އެއް މުވައްޒިފު ނިޔާވެއްޖެ
މަސައްކަތުގައި އަޒްހީމްގެ ކިބައިން ފެނުނީ ހީވާގި ކަމާއި މުރާލިކަން ކަމުގައި ބުނެފައިވެ އެވެ. އަޒްހީމްގެ ވަކިވުމުން ފުން ހިތާމައެއް ލިބިފައިވާ ކަމަށްވެސް ބުންޏެވެ.