މިހާރު އިމާރާތް ކުރަމުންދާ ފްލެޓްތައް
ހަބަރު
04 Mar 2025 | 15:39
ފްލެެޓަށް ޝަކުވާ ހުށައެޅުން: މާދަމާއިން ފެށިގެން 3000 ލަފުޒު ލިޔެވޭނެ، ލިސްޓަށް ބަދަލު އަތުވާދެނެ

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައަޅަން ހުޅުވާލާފައިވާ ފުރުސަތުގައި މާދަމާ އިން ފެށިގެން ޕޯޓަލުގައި ލިޔެވޭ މިންވަރު އިތުރު ކުރަން ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް ހައުސިން މިިނިސްޓްރީން ބުނެފި އެވެ.

ފްލެޓު ދޭން ކަނޑައަޅާފައިވާ 4000 މީހުންގެ ލިސްޓް ބެލުމުން ޝަރުތު ހަމަވީ 1،820 މީހުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އެ ލިސްޓް މިހާރު ވަނީ އާންމުކޮށްފަ އެވެ. މި މަހުގެ ނިޔަލަށް ޝަކުވާ ހުށައަޅަން ވެސް އޮތީ ފުރުސަތު ހުޅުވާލާފަ އެވެ.

ނަމަވެސް އާންމުންގެ ޝަކުވާ އަކީ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައަޅާއިރު ޕޯޓަލްގައި ލިޔެވޭ މިންވަރު ލިމިޓްކޮށްފައިވުމެވެ. މިހާާރު ލިޔެވެނީ 1500 ލަފްޒެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ މިދިޔަ ހަތަރު ދުވަސްތެރޭ ހާހަކަށް ވުރެ ގިނަ ޝަކުވާ ހުށައަޅާފައިވާ ކަަމަށާ އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޕޯޓަލުން ޝަކުވާ ހުށައަޅަން ޖެހޭއިރު ޝަކުވާގެ ގޮތުގައި ލިޔެވޭ މިންވަރު މަދުވުން ކަމަށެވެ. އެހެން ކަމުން މިހާރު ލިޔެވޭ 1500 ލަފުޒުގެ ބަދަލުގައި 3000 ލަފުޒަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ނަޒީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މާދަމާ އިން ފެށިގެން އެ އަދަދަށް ލިޔެވޭނެ ކަމަށެވެ.

"މިހެން ވެސް ދެވެން ހުރި ހުރިހާ ލުއިތަކެއް އަޅުގަނޑުމެން ދޭނަން,"

ނަޒީމް ވިދާޅުވީ އެންމެ ބޮޑު އެެއް ޝަކުވާ އަކީ މާލޭގައި 15 އަހަރު އުޅުނު ކަމަށް މުއްދަތު ގުނުމުގައި ބަލާފައިވާ ގޮތާމެދު އޮތް ޝަކުވާ ކަމަށެވެ. އަދި އެކަން ސާބިތުކޮށްދޭން އިތުރު ޑޮކިއުމަންޓް ހުށައަޅަން ފުރުސަތު ދޭން ބައެެއް މީހުން އެދޭ ކަމަށެވެ. ނަމަވެސް ކުރީން ހިނގި ދެ މަރުހަލާއެއްގައި ޑޮކިއުމަންޓް ހުށައަޅަން ފުރުސަތު ދިން ކަމަށާ އެހެން ކަމުން އެ ފުރުސަތު ދޭން ނިންމާފައި ނުވާ ކަމަށެވެ.

ނަމަވެސް ހުށައަޅާ ޝަކުވާ އަކުން އިތުުރު ޑޮކިއުމަންޓް ބަލަން ޖެހޭ ހާލަތެއްގައި އެކަން ކުރާނެ ކަމަށާ އެއްވެސް މީހެއްގެ ހައްގު ގެއްލޭނެ ގޮތަށް ސަރުކާރުން އަމަލު ނުކުރާނެ ކަމަށެވެ. ނަޒީމް ތަކުރާރު ކުރައްވާ ވިދާޅުވީ ލިސްޓަށް ހުށައަޅާ ޝަކުވާ އަކީ މިހާރު އޮތް ނިންމުން ބަދަލުވާނެ ފަދަ ޝަކުވާއެއް ނަމަ ރަނގަޅަށް ދިރާސާކޮށް ބަލާނެ ކަމަށެވެ.

"ވީއެންމެ ތަފްސީލެއް ކޮށް އަޅުގަނޑުމެން ބަލަމުން ގެންދާނަން. ފަހަރުގައި ލިސްޓަށް ބަދަލު އައުމުގެ ފުރުސަތު އޮވެދާނެ. ހުށައެޅޭ ޝަކުވާއަކާ ގުޅިގެން އިތުރު ބަދަލުތަކެއް ލިސްޓަށް އަތުވެދާނެ,"

ނަޒީމް ވަނީ ފްލެޓް ލިސްޓާމެދު އޮތް ޝަކުވާއެއް ހުށައަޅަން އާންމުންނަށް ވެސް ފުރުސަތު އޮތްކަން ފާހަގަކޮށް އެފަދަ ޝަކުވާއެއް އޮތްނަމަ ހުށައެޅުމަށް އެދިފަ އެވެ.

ކޮމެންޓް
ރާއްޖެތެރެ މާލެ އުޅެ މުސްކުޅިވި މީހާ
15 އަހަރު އުޅުންކަން ސާބިތު ކުރަން މިވެރިން މިބަލާ މިން ގަޱުން ސަރުތު ހަމަވީ 15 އަހަރު ނޫޅޭމީހުންނާ ރަށުގަ ތިބިމީހުން. ޖަރީމާ ހިންގީ އެއްއަހަރު ވަންދެން.
04 Mar 2025
ގުޅޭ ލިޔުންތައް
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ
09 Aug 2026
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި
ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ