ސްޓެލްކޯ
ހަބަރު
04 Mar 2025 | 16:29
ރޯދައަށްފަހު ބަދަލުނުކުރެވި ހުރި ކަރަންޓް މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރަން ފަށަނީ!

ރޯދައަށްފަހު ބަދަލު ނުކުރެވިހުރި، ހުރިހާ ކަރަންޓް މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނޭކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ރޯދަ ނިމުމާއެކު މިހާރު ބަދަލުނުކޮށް ހުރި ހުރިހާ މީޓަރުތައް ސްމާތް މީޓަރަށް ބަދަލުކޮށް ނިންމާނޭކަމަށެވެ. ފަހުމީ ވިދާޅުވީ މީޓަރުތައް ބަދަލުކުރާނީ ސްޓެލްކޯގެ ހަރަދުގައި ކަމަށާއި އެކަމަށް އެއްވެސް ރައްޔިތަކު ހަރަދެއް ކުރާކަށެއް ނުޖެހޭނޭ ކަމަށެވެ. 

ފަހުމީ ވިދާޅުވީ ސްމާޓް މީޓަރަށް ބަދަލުވުމުގެ ގޮތުން ފަށާފައިވާ މަޝްރޫޢު ކުރިއަށްއޮތް 9 މަސްދުވަހުގެ ތެރޭގައި ނުވަތަ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލައި ހިދުމަތް ދެވޭނޭ ކަމަށެވެ. ސްމާޓް މީޓަރަށް ބަދަލުވުމުން ރިއަލް ޓައިމްގައި ކަސްޓަމަރުންނަށް ބިލާބެހޭ ހުރިހާ މައުލޫމާތުތައް ފޯނުން ބަލާލެވޭނޭކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ ކަރަންޓް ބިލާ ގުޅޭގޮތުން ރައްޔިތުންގެ ހިތުގައި އުފެދެމުންދާ ޝަކުވާތަކަށް މި ސަރުކާރުން ހައްލު ގެންނާނޭ ކަމަށެވެ.

ކަސްޓަމަރުންނަށް ބިލާ ދޭތެރޭގައި ޝަކުވާ ކުރުމުގެ ކުރިން އެބޭފުޅުންނަށް އެނގިލައްވާނެ ކަރަންޓް ބޭނުންކުރެވިފައިހުރިގޮތް. މިއީ އިގްތިސާދު ކުރުމަށް ލިބިގެންދާނެ ވަރަށްބޮޑު ފުރުސަތެއް

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ފަހުމީ ވިދާޅުވިއެވެ

ސްޓެލްކޯއިން ކަރަންޓް މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރުމުގެ ގޮތުން ޓެސްޓްކުރުމުގެ މަރުހަލާގެ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރެވެ. އޭގެ ފަހުން އެކި ފަހަރުމަތިން މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.
29 Jul 2026
ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް
އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
29 Jul 2026
ޝޯވ އަދި މިޔުޒިކު މަނާކުރެވިގެން ނުވާނެ: ރައީސް ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ބިޔޯން އަގެއިން' އަކީ ދުނިޔޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ 'އައްބާ' ގެ އެންމެ މަޝްހޫރު ޓްރިބިއުޓް ބޭންޑު ކަމަށެވެ. އަދި އެފަދަ ޝޯތަކާއި އަދި މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
29 Jul 2026
ތިލަފުށީގެ ކުނިތައް ހދ.ކުނބުރުދޫއަށް ގެންދާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު
ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ކުނިތައް އދ.ކުނބުރުދުއަށް ގެންދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
29 Jul 2026
ފީފާ ވޯލްޑް ކަޕް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދަނީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން ބާއްވާ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށްޓަކައި 20 ބިލިއަން ޑޮލަރުގެ އަގުހުރި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ނިންމައިފިއެވެ.