އެވޮންއިން ފިޔަވަތީގައި ތިބޭ ކުދިންނަށް ދިން ރޯދަ ވީއްލުމުގެ ތެރެެއިން..
ވިޔަފާރި
04 Mar 2025 | 22:33
އިންފްލުއެންސަރުންނަށް ތަށިސެޓް ދީގެން ލިބުނު ފައިދާ, އެވޮން އިން ހާއްސަ ކުރީ ފިޔަވައްޗަށް!

މިފަހަކުން ސޯޝަލް މީޑިއާގައި އެންމެ ގިނަ ބަޔަކު ދައްކަމުންދިޔަ އެއް ވާހަކައަކީ އިންފްލުއެންސަރަކަށް ނުވާތީވެ، އެވޮން އިން ދެމުން އަންނަ ތަށިސެޓް ނުލިބޭނެ ވާހަކައެވެ. އެވޮންއިން މާކެޓް ކުރުމުގައި މިފަހަރު ގެންގުޅުނު މި އުކުޅުގެ ސަބަބުން ހަމަ ގައިމުވެސް އެއްކަމެއް ވައިގަ ހިފައިފިއެވެ. އެއީ އެވޮން އިން ވިއްކަމުން އަންނަ ތަށިސެޓްތަކަށް އާއްމުންގެ ފަރާތުން ލިބުނު މަޤްބޫލުކަމެވެ. ހުޅުމާލޭ ރަބަރުގަސްމަގު 7 ގައި ހުންނަ އެވޮން ފިހާރައަކީ ތަފާތު ވައްތަރުގެ މޮޅު، ތަށި ސެޓާއި ފަރުނީޗަރުފަދަ ތަކެތި ވިއްކުމުގައި މަޝްހޫރު އަދި އާއްމުންގެ ވަރަށްބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ފިހާރައެކެވެ.

އެވޮންއިން ވަނީ އިންފްލުއެންސަރުންގެ ގޮތުގައި މިހާރު މީސްމީޑިއާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް އެ ފިހާރައިން ވިއްކަމުންދާ ތަށިސެޓް ހަދިޔާކޮށްފައެވެ. ތަށި ސެޓްގެ ތަފާތު ޑިޒައިންތައް ވަނީ ހަދިޔާގެ ގޮތުގައި އެކި އިންފްލުއެންސަރުންނަށް ދީފައެވެ. އަދި މިކަން ގިނަ ބައެއްގެ ސަމާލުކަންވެސް ވަނީ ލިބިފައެވެ.

އެވޮންއިން މާކެޓް ކުރުމުގައި ގެންގުޅުނު މި އުކުޅުގެ ސަބަބުން ތަށިސެޓްގެ ސޭލްސް ވަރަށް ރަނގަޅުކަމަށް އެފިހާރައިން ބުނެއެވެ. އޭގެ ބަދަލެއްގެ ގޮތުން އެވޮންއިން ވަނީ ތަށިސެޓް ސޭލްސް އިން ލިބުނު ފައިދާގެ ބޮޑުބައެއް ފިޔަވަތީގައި ތިބޭ ކުދިންގެ  ބޭނުންތަކަށް ހޭދަކުރުމަށް ދިނުމަށް ނިންމާފައެވެ. އެވޮންއިން ވަނީ އެކަން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައެވެ.

އެވޮންއިން ފިޔަވަތީގައި ތިބޭ ކުދިންނަށް ދިން ރޯދަ ވީއްލުމުގެ ތެރެެއިން..

ވޮއިސްއަށް މައުލޫމާތު ހިއްސާކުރި އެވޮންގެ އޮފިޝަލަކުވެސް ވަނީ އެކަން ޔަޤީންކޮށްދީފައެވެ. އެވޮންއިން މިއަދު ވަނީ، ފިޔަވަތީގައި ތިބޭ ކުދިންނަށް ރޯދަ ވީއްލުމެއްވެސް ދީފައެވެ. މި ރޯދަ ވީއްލުމުގެ ތެރެއިން އެވޮންއިން ވަނީ ފިޔަވަތީގައި ތިބޭ ކުދިންގެ ކިޔެވުމުގެ ކަންކަމުގައި ބޭނުންކުރެވޭނޭ ތަކެތި ހަދިޔާގެ ގޮތުގައި ދީފައެވެ. 

އެވޮންއިން ފިޔަވަތީގައި ތިބޭ ކުދިންނަށް ދިން ރޯދަ ވީއްލުމުގެ ތެރެެއިން..

އެވޮންއިން ވަނީ ތަށިސެޓް ގަތް ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. ކޮންމެއަކަސް މިހާރު އެވޮންގެ ތަށިސެޓް ނުލިބިގެން ޝަކުވާއެއް ނެތެވެ. އެވޮންއިން އިންފްލުއެންސަރުން ބޭނުންކޮށްގެން ހިންގި މާކެޓިން އުކުޅުގެ ނިޔަތް މިހާރު މިއޮތީ ސާފްވެފައެވެ. އެވޮންއިން އެކަން އެގޮތަށްކުރި ސަބަބު މިހާރު ސާފުވެއްޖެއެވެ.

އެވޮންއިން އެބުނީ ރަނގަޅަށެވެ. އަހަރެމެން އެންމެންވެގެން މަސައްކަތްކޮށްފިނަމަ، ތަފާތެއް ގެނެވިދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.