މެލޭޝިއާގައި ގެއްލިގެން ހޯދަމުން އަންނަ އުސައިދު
ހަބަރު
04 Mar 2025 | 23:22
ރާއްޖޭގެ އެމްބަސީ ސަރަހައްދުގައި އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފައި: އާއިލާ

މެލޭޝިއާގައި ގެއްލިގެން ހޯދަމުން އަންނަ އަހުމަދު އުސެއިދު އިބްރާހިމް އަފީފްގެ ވޮލެޓާއި ސްޓޫޑެންޓް އައިޑީކާޑު ފެނިފައިވާކަމަށް އޭނާގެ ބައްޕަ އިބްރާހިމް އަފީފް ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އިބްރާހިމް އަފީފް މިރޭ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އުސެއިދުގެ  ވޮލެޓާއި ސްޓޫޑެންޓް އައިޑީކާޑު ފެނުނުއިރު، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ ހުންނަ ސަރަހައްދުން އުސައިދު ހެޔޮހާލުގައި ހުއްޓައި ސީސީޓީވީ ފޫޓޭޖްތަކުން އެނގިފައިވާކަމަށެވެ.

އުސައިދު ގެއްލިފައިވަނީ މިމަހުގެ ދެ ވަނަ ދުވަހުއެވެ. އެދުވަހު އުސައިދު ގެއިން ނިކުމެފައިވަނީ 15:15 ގައެވެ. އޭނާ ގެއްލުނުކަމަށް ނިންމައި ފުލުހުންނަށް އެކަން ރިޕޯޓްކޮށްފައިވަނީ އެ ރޭގެ 22:00 ގައެވެ. އުސައިދު ގެއްލުނު މައްސަލަ މައްސަލަ ފައިލް ކުރި ހިސާބުން ފެށިގެން، ޕޮލިހުންނާއި ހައި ކޮމިޝަންގެ ބޭފުޅުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އޭނާގެ ބައްޕަ އަފީފް ބުންޏެވެ.

އެކިއެކި ގްރޫޕްތަކުގައްޔާއި ، ހެޔޮއެދޭ ފަރާތްތަކުން އުސައިދު ފެނޭތޯ ކުރެވެންހުރި ހުރިހާމަސައްކަތެއް ހުއްޓުމެއްނެތި ކުރަމުން ގެންދިޔަކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ. އެގޮތުން ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 16:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނެވެ.ނަމަވެސް އެދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާގޮތެއްނުވުމުން، އެތާގައި ގަޑިއެއްހާއިރު މަޑުކޮށްފައި ނުކުމެގެންދިޔައިރު އުސައިދުގެ ވޮލަޓްެއާއި ސްޓޫޑެންޓް ކާޑު ވަނީބޭއް ވިފައެވެ  

އުސައިދުގެ ބައްޕަ ކުރި ޕޯސްޓްގައި ބުންޏެވެ

އުސައިދުގެ ބައްޕަ ބުނީ އިއްޔެ އެމްބަސީ ހުޅުވުމާއެކު، އެތަނުގެ ކެމެރާތައް ބަލާ ޗެކްކުރިއިރު އެހިސާބުން އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފައިވާކަމަށެވެ. އަދި މިއަދު 11 ޖެހިއިރު ހައިކޮމިޝަނުން އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ޕޮލިސް މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވާކަމަށް ބުންޏެވެ.

އުސައިދުގެ ވޮލެޓް

ނަމަވެސް އުސައިދު އާ އަދި ބައްދަލުވެފައި ނުވާކަމަށާއި، އިރާދަކުރެއްވިޔާ ވަރަށްއަވަހަށް އުސައިދުގެ ޚަބަރެއް ވާނޭކަމަށް އަފީފް ބުންޏެވެ. އަފީފް ބުނީ ހެޔޮހާލުގައި އުސައިދު ހުރިކަން ކެމެރާ ތަކުން ފެންނަ ކަމަށެވެ. އޭނާ ހުރީ ރަތްކުލައިގެ ޓީޝާޓެއްލައިގެން ކަމަށްވެސް އަފީފް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.