ހުވަން ލޯންޗުގެ މީހުން ކަނޑުގައި...
ހަބަރު
05 Mar 2025 | 11:37
ހުވަން ލޯންޗް އަޑިއަށްދިޔައިރު ޓޫރިސްޓަކު ނެގި ވީޑިއޯއިން ދޭހަވީ ކޮން ކަމެއް؟

ނިމިގެންދިޔަ ގަދައިގައި ވިއްސާރަވެހިގެންނާއި، ކަނޑު ގަދަވެ، ވައިގަދަވުމުގެ ސަބަބުން ކަނޑުމަތީގެ އެކިއެކި ހާދިސާތައް ވަނީ ހިނގާފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް ހާދިސާއަކީ މިދިޔަ އާދިއްތަދުވަހު 48 މީހުންނާއެކު ދިގުރަށުން މާލެއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، އަޑިއަށް ދިޔަ ހާދިސާއެވެ. އެ ހާދިސާ ހިނގިއިރު، އެ ލޯންޗްގައި އަންހެނުންނާއި ޓޫރިސްޓުންގެ އިތުރުން ކުދަކުދިންވެސް ތިއްބެވެ. ގިނަ ބައެއްގެ ސަމާލުކަން އެ ހާދިސާއަށް ލިބުނު އެންމެ ބޮޑު ސަބަބަކީ އެ ލޯންޗުގައި ކުޑަކުދިން ތިބުމެވެ.

ހުވަން ލޯންޗް އަޑިއަށްދިޔަ ހާދިސާ ހިނގިތާ ދެދުވަސްފަހުން އެ ލޯންޗް އަޑިއަށްދިއުމުގެ ހާދިސާ ހިނގިވަގުތު ލޯންޗުގައި އިން ޓޫރިސްޓަކު ނަގާފައިވާ ވީޑިއޯއެއް ވަނީ ބޭރުގެ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. މި ވީޑިއޯއިން ފެންނަ މަންޒަރުތަކަށް ބަލާއިރު، ލޯންޗް ދިޔަވެ އަޑިއަށްދިއުމުގެ ކުރިން އޭގައި ތިބި މީހުން ލައިފްޖެކެޓް އެޅުމަށް ތައްޔާރުވަމުންދިޔަކަން އެނގެއެވެ. މިއީ މި ހާދިސާއިން އެންމެ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު މަންޒަރެވެ. 

އާދިއްތަ ދުވަހަކީ މޫސުން ގޯސް ދުވަހެކެވެ. އެކަން މެޓް އޮފީހުން ނެރެފައިވާ ސަމާލްތަކަށް ބަލާލުމުން އެނގެއެވެ. ހުވަން ލޯންޗް ދަތުރަށް ފެށުމުގެ ވަގުތުކޮޅެއް ކުރިންވެސް އޮތީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮރެންޖު ސަމާލް ނެރެފައެވެ.

އެދުވަހުގެ މެންދަމު މެޓް އޮފީހުން ނެރުނު ސަމާލް

އަދި އޮރެންޖް ސަމާލްގެ ވަގުތު ހަމަވުމަށްފަހުވެސް މެޓް އޮފީހުން ވަނީ ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށް އެދުވަހުގެ 11:00 ގެ ނިޔަލަށް މެދުރާއްޖެތެރެއަށް ރީނދޫ ސަމާލް ނެރެފައެވެ. ހުވަން ލޯންޗް ދިޔަވެ އަޑިއަށްގޮސްގެން އެކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނުކަމަށް ބުނެފައިވަނީ 07:57 ގައެވެ. 

އެދުވަހުގެ ހެނދުނު މެޓް އޮފީހުން ނެރުނު ސަމާލް

މޫސުމާ ބެހޭ އިދާރާގެ އެންގުންތަކަށް ބަލާއިރު، ހުވަން ލޯންޗުން އެދުވަހު ފުރާފައިވަނީ މާބޮޑަށް މޫސުމަށް ސަމާލުކަން ނުދީކަން ބުނެވެން އެބައޮތެވެ.

ޓޫރިސްޓް މީހާ ނެގި ވީޑިއޯއިން އެނގޭގޮތުގައި ހުވަން ލޯންޗުގައި ތިބި މީހުން އެދުވަހު ލައިފްޖެކެޓް އަޅާފައިވަނީ ހާދިސާ ހިނގުމާއެކުގައިކަން ފާހަގަކޮށްލެވެއެވެ. ލޯންޗްފަހަރުތަކުގައި ދަތުރުކުރާއިރު، އެ ލޯންޗަކުން ދަތުރުކުރާ ދަތުރުވެރިންގެ ލައިފްޖެކެޓް އަޅުވާކަމަށް ފާހަގަކުރެވެނީ ރިސޯޓްތަކުގެ ލޯންޗް ފަހަރުތަކުގައެވެ. މީގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފްގެ ލޯންޗްތަކުގައި ދަތުރުކުރާއިރު ކަނޑުގަދަވިޔަސް ނުވިއަސް ތިބެންޖެހެނީ ލައިފް ޖެކެޓް އަޅައިގެންނެވެ. ނަމަވެސް އަތޮޅު ތެރެއިން މާލެއަށް ދަތުރުކުރާ ލޯންޗްފަހަރުތަކުގައި އެކަމެއް ނުފެނެއެވެ. ޓޫރިސްޓުން ތިއްބަސް އެކަންއޮތީ އެހެންނެވެ. ފެރީކުރުމުގެ ޤަވާއިދުގައި ބުނެފައި އޮންނަނީ ލައިފްޖެކެޓް އޮންނަން ޖެހޭނީ ދަތުރުކުރާ މީހާއަށް ފަސޭހައިން އަތުޖެހޭނެ ހިސާބެއްގައިކަަމަށެވެ.

ހުވަން ލޯންޗް އަޑިއަށްދިޔަ އެ ހާދިސާއަކީ އެހާ ގިނަ މީހުންނާއެކު މިފަހުގެ ތާރީހެއްގައި ހިނގި އެފަދަ ފުރަތަމަ ހާދިސާއެވެ. އެ ހާދިސާގައި ލޯންޗް އަޑިއަށްގޮސް ލޯންޗުން ދަތުރުކުރި މީހުން ކަނޑުވިނަމަވެސް މީހެއްގެ ފުރާނަ ގެއްލުންފަދަ ކަމެއް ނުވެއެވެ. އޭގެ ކުރިން ކަނޑުވި މީހުންތައް ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފައެވެ. ނަމަވެސް ލޯންޗުން ދަތުރުކުރި މީހުންގެ ދަބަސްތަކާއި ފޮށިތައް ގެއްލުނުކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.