ޕީއެންސީން ކުރީން ބޭއްވި އިވެންޓެއްގައި ސަޕޯޓަރުން ބައިވެރިވަނީ
ހަބަރު
05 Mar 2025 | 14:27
ފެނުނީ ސުޢޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި މިންވަރު: ޕީއެންސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު އިސްތިއުފާދެއްވުމުގައި އަމަލުކުރެއްވި ގޮތުން ފަނޑިޔާރު ސުޢޫދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގައިވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުޞޫލުތައްކަން ސާފުވެފައިވާ ކަމަށް ސަރުކާރު ހިންގާ ޕީއެންސީން ބުނެފި އެވެ.

ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ގާއިމުވެފައި އޮތް ދުސްތޫރީ ނިޒާމަކީ ބާރުތައް ވަކިވެ، އެއް ބާރުން އަނެއް ބާރު ޖަވާބުދާރީކުރުވައި، ބާރުތަކުގެ މައްޗަށް ފާރަވެރިވާނެ މުސްތަގިއްލު މިނިވަން މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައި އޮތް ނިޒާމެއް ކަމަށާ މިނިޒާމު ރަނގަޅަށް ތަރުތީބުވެގެން ހިނގަމުންދިއުމަކީ ބާރުތަކުގެ މެދުގައި އޮންނަ ޖަވާބުދާރީ ކުރުވުމުގައި މުސްތަގިއްލު މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރެވުމުން ކަމަށެވެ.

ތިން ބާރުގެ ތެރެއިން ޝަރުއީ ބާރަކީ ސިޔާސީ ކަންކަމާ ދުރުން، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ގާއިމުކޮށްދިނުމުގެ މަތިވެރި ޒިންމާ ހަވާލުވެފައިވާ ބާރުކަމަށްވާއިރު، އެ ބާރަށް އޮންނަ އިތުބާރުގެ އެއް އަސާސަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ޝަރުއީ ބާރުން ނުވަނުން ކަމަށް ވެސް ބުންޏެވެ.

"ފަނޑިޔާރުކަމުގެ މަގާމުގައިވެސް އަދި މަގާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުސޫލު އިސްކުރުމަކީ ގާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫނެވެ. އަދި އެއީ މުޅި ޖުޑީޝަރީގެ އިތުބާރު ގެއްލި ޝަރުއީ ދާއިރާ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރު ލިބޭ ފަދަ މައްސަލައެކެވެ,"

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދު އިސްތިއުފާދެއްވުމުގައި އަމަލުކުރެއްވި ގޮތުން ފަނޑިޔާރު ސުޢޫދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގައިވެސް ގެންގުޅުއްވީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުޞޫލުތައްކަން ސާފުވެފައިވާ ކަމަށާ އަދި އިސްތިއުފާދެއްވަމުން އެވަގުތުވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް އެޅުއްވިކަމީ ފަނޑިޔާރު ސުޢޫދު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވިކަމުގެ އަލިގަދަ ދަލީލެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޕީއެންސީން ބނީ ފަނޑިޔާރު ސުއޫދާމެދު އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނާމެދުވެސް އަމަލުކުރެވެމުންދަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި އެކަށައަޅާފައިވާ އޮނިގަނޑުގައި ބަޔާންކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ފަނޑިޔާރަކާމެދު ޖިނާއީ ތަހުގީގެއް ފެށުމުން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރުމަކީ ގާނޫނުގައި ބަޔާންކުރާ އިޖުރާއާތް ކަމަށާ ފަނޑިޔާރުންނާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ބަލައި ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

"މިކަންކަމަކީ ވަކި ކޯޓެއްގެ ވަކި ފަނޑިޔާރަކަށްވީތީ ނުވަތަ ވަކި މައްސަލައެއް ކޯޓެއްގައި ފައިސަލާކުރަމުންދާތީ ހުއްޓެންޖެހޭ ކަންތައްތަކެއް ނޫނެވެ. މިއީ ވެރިކަމުގެ މިނިޒާމު ހަރުދަނާ ގޮތުގައި ހިނގާނަމަ، އެކަމެއް ފެންމަތިވުމާއެކު ހިނގަމުންދާންޖެހޭ ކަންކަމެވެ,"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިނިވަން މުއައްސަސާތަކަށް މުސްތަގިއްލުކަމާއެކު އެ މުއައްސަސާތަކާ މަތިވެފައިވާ ދުސްތޫރީ އަދި ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ދެއްވާފައި ކަމަށާ އަދި އެއިން މުއައްސަސާއަކުން އަދާކުރަންޖެހޭ ޒިންމާއެއް އަދާކުރުމަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމެއް ނޫން ކަމާއި އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުންދިއުން ކަމަށް ވެސް ޕީއެންސީގެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ނެރުނު މި ބަޔާނުގައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް ނެގެހެއްޓެވުމުގައި، އަދި މި ނިޒާމު ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދައްކަވަމުންދާ ނަމޫނާއަށް މަރުހަބާ ދަންނަވައި ޝުކުރު އަދާކުރާ ކަމަށް ވެސް ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.