އިޙްޔާ ފޯރަމްގައި ޝެއިޚް ސަމީރު ދަރުސް ދެއްވަނީ: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
10 Mar 2025 | 09:00
ހައްގު މަގުގައި ސާބިތުވެ ހުރުމަށް، ރަނގަޅު މީހުންނާއެކު އުޅުމަކީ އެންމެ މުހިންމު އެއް ކަންތައް: ޝެއިޚް ސަމީރު

ހައްގު މަގުގައި ސާބިތުވެ ހުރުމަށް، ރަނގަޅު މީހުންނާއެކު އުޅުމަކީ އެންމެ މުހިންމު އެއް ކަންތައްކަމަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހުމަދު ސަމީރު ރޭ ވިދާޅުވެއްޖެއެވެ. 

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ފޯރަމްތަކުގެ ތެރެއިން މާލޭގައި ބޭއްވި 3 ވަނަ ފޯރަމްގައި ވާހަކަދައްކަވަމުން ޝެއިޚް ސަމީރު ވިދާޅުވީ، ރަސޫލާ ﷺ ގެ ހަދީޘް ބަސްފުޅުން، ”މީހާ ވަނީ އޭނާގެ އެކުވެރިޔާގެ ދީނުގައި “ ކަން އެނގޭ ކަމަށެވެ. އެހެންކަމުން ހެޔޮ މީހުންނާއެކު އުޅެ ހެޔޮ މަޖިލިސްތަކަށް އައި ހެދުމަކީ މުހިންމު ކަމެއްކަން ޝެއިޚް ފާހަގަކުރެއްވިއެވެ.

ހައްގު މަގުގައި ސާބިތުވެ ހުރުމަށް، ރަނގަޅު މީހުންނާއެކު އުޅުމަކީ އެންމެ މުހިންމު އެއް ކަންތައް… އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެ ރާއްޖޭގައި ދީނީ ނަސޭޙަތް ދޭކަން ނޭނގޭ މީހުންވެސް. މި ރާއްޖޭގައި ހެޔޮ ކަމުގެ ކަންކަން ހިނގާކަން މާ ބޮޑަށް ސަމާލުކަން ނުދޭ މީހުންވެސް އުޅޭނެ. އަނެއް ބަޔަކު ހަމަ، އިސްލާމިކް މިނިސްޓްރީގެ ހުރިހާ ޓުވިޓާ އެކައުންޓާ ފޭސްބުކު ފޮލޯކޮށް، ދަރުސްތަކާއެއްޗެހި ޓިކްކޮށް، ގޭގައި ހިއްޕައިގެން، ވޯލްޑްކަޕް ބަލާހެން ދަރުސް ތަކަށް އަންނަ މީހުންވެސް އުޅޭނެ

ޝެއިޚް އަހުމަދު ސަމީރު

ކަންމިހެން ހުރުމުން، ހެޔޮ މީހުންނާއެކު ހެޔޮ މަޖިލިސް ތަކަށް އައުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި ޝެއިޚް ވިދާޅުވުއެވެ. އެހެންކަމުން އެކަމަށްޓަކައި މާތް الله އަށް ޝުކުރުވެރިވާންޖެހޭ ކަމަށް ވިދާޅުވިއެވެ. 

ޚާއްސަކޮށް ޒުވާނުން ވިޔާނުދާ ފަސާދަކުރާ މީހުންނާއެކުގައި އެމީހުންނަށް މަޖިލިސް ކުރާ ކަމުގައި ވަނީނަމަ، ހަދީޘްގައި އޮންނަ ފަދައިން، އެކުވެރިޔާގެ މިސާލަކީ ގިރުނބާ ދަމާ މީހަކާ އަތަރުވިއްކާ މީހާގެ މިސާލޭ. ގިރުނބާ ދަމާ މީހާ ކައިރީ އިންނަންޏާ އޭނާ ގައިން ނުބައި ވަސް ދުވާނެ. ހެދުންވެސް ހެދުމުގައި ކަނި އައިސް ޖެހި ހެދުން ވިރި، އޭނާގެ ފަރާތުން ނެތް ހެވެއް. އެކަމަކު އަތަރު ވިއްކާ މީހާ ކައިރިން އޭނާ އެއްޗެއް ގަނެވެސްދާނެ. ނޫނީ ހަދުޔާއަކަށްވެސް ދީ ފާނެ. ނޫނީ އެއްޗެއް ނުގަތަސް ހަދިޔާއެއް ނުދިނަސް އޭނާ އެތާ އިންނަންޏާ އޭނާ ގައިން މީރުވަސް ދުވާނެ. 

ޝެއިޚް އަހުމަދު ސަމީރު

އެހެންކަމުން ހެޔޮ މަޖިލިސް ތަކަށް އައުމުގެ ތައުފީޤް ދެއްވުމަކީ ވަރަށް ބޮޑު ނިޢުމަތެއް ކަމުގައި ޝެއިޚް ވިދާޅުވިއެވެ. 

މީގެ އިތުރުން ޝެއިޚް ވިދާޅުވީ، އިސްލާމްކަން މަތީގައި އަބަދުވެސް ދެމިތިބޭތޯ ދުޢާކުރަންޖެހޭކަމަށެވެ.

އެހެނީ އިސްލާމް ދީނާމެދު އެކިއެކި ޝުބުހާތައް ފަތުރާއިރު ގިނަގިނައިން ދުޢާކުރަންވީ މި ނިޢުމަތުގެ މަތީގައި ސާބިތުވެ ދެމިތިބޭތޯކަމަށް ކަމަށާ ހިތަކީ ވަރަށް އަވަހަށް ފުރޮޅޭ އެއްޗެއްކަމަށެވެ. އެހެންކަމުން، އަހަރެމެންގެ ހިތް އިސްލާމް ދީނުގެ މަތީގައި ދަމަހައްޓަވާ ސާބިތުކަން ދެއްވުމަށް އެދި ދުޢާކުރަންޖެހޭކަމަށެވެ.

"ހިތަށް މި ނަން ދެވިފައިވަނީވެސް ހިތަކީ އެކިއެކި އޮއިވަރުތަކާއެކު ފުރޮޅޭ އެއްޗެއްކަމަށްވާތީ. ކިހާވަރަކަށް މި ހިތް ފުރޮޅޭތީދޯ ނަބިއްޔާ ސ.އ.ވ އެ ހިތް ސިފަކުރައްވާފައިވަނީ ސަހަރާއެއްގެ ތެރޭގައި ހުންނަ ގަހެއްގައި އެލުވިފައި އިންނަ ފަތެއްގެ ސިފައިގައި. ދޫނި ފަތެއް ފަދަ އެއްޗެއްގެ ގޮތެއްގައި. އެޖެހޭ ވަޔާއެކު އެފުށް މިފުށަށް އެނބުރޭ އެއްޗެއްގެ ގޮތުގައި. ކިހާ ނާޒުކު އެއްޗެއްތޯ މިއީ." ޝެއިޚް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.