ވަޒީރު އަބްދުالله ޚަލީލް: ފޮޓޯ/ މަޖިލިސް
ހަބަރު
10 Mar 2025 | 11:04
އިސްރާއީލް ޕާސްޕޯޓް މަނާކުރެވޭނީ މަޖިލީހުން އިމިގްރޭޝަން ގާނޫނަށް އިސްލާހް ގެނައުމުން: ވަޒީރު ޚަލީލު

އިސްރާއީލް ޕާސްޕޯޓް މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހް ގެނައުމަށް  މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާ، އެ އިސްލާހް ފާސްވުމުން އިސްރާއީލް ޕާސްޕޯޓް މަނާ ކުރަން މަގުފަހުވެގެންދާނެ ކަމަށް ޚާރިޖި ވަޒީރު ޑރ.އަބްދުالله ޚަލީލު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ 2 ޖޫން 2024 ވަނަ ދުވަހު، އިސްރާއީލް ޕާސްޕޯޓް މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމުން މިހާތަނަށް އައި އިރުވެސް ތަންފީޒު ނުވެ އޮތީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން ވަޒީރު ޚަލީލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނިންމެވި އެ ނިންމެވުން ތަންފީޒުކުރެއްވުމަށްޓަކައި އިމިގްރޭޝަން ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހް މިވަގުތު އޮތީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހާެ ކޮމިޓީގައި ކަމާ ގުޅުންހުރި އެކިއެކި ފަރާތްތައް ހާޒިރުކޮށްގެން ދިރާސާ ކުރުމުގެ މަރުހަލާގައި ކަމަށެވެ. 

”މި ދެންނެވި އިސްލާހު ގާނޫނަކަށް ވުމާއެކު، ސަރުކާރުގެ ނިންމުން ތަންފީޒު ކުރުމަށް މަގުފަހިވެގެންދާނެ“ ވަޒީރު ޚަލީލްގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ. 

އިޒްރޭލް މީހުން ރާއްޖެ އައުން މަނާ ކުރުމަށް އިމިގްރޭޝަން ގާނޫނަށް ހުށަހާޅާފައިވާ އިސްލާހަށް ހިޔާލު ހޯދުމަށް މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ކަމާގުޅުންހުރި އެކިއެކި ފަރާތްތައް ވަނީ މަޖިލީހުގެ މިދިޔަ ދައުރުގައި ވެސް ހާޒިރުކޮށްފައެވެ. 

އެގޮތުން، ގެސްޓްހައުސް އެސޯސިއޭޝަނުގެ ވެރިން ހާޒިރު ކުރުމުން އެފަރާތްތަމުން އެދިފައިވަނީ ”ޓާގެޓެޑް އެޕްރޯޗެއް“ ނުވަތަ ވަކި ބަޔަކު މަނާކުރުން ކަމަށެވެ. އެ އެސޯސިއޭޝަނުން އެދުނީ އިސްރާއިލުން ސިފައިންވެސް ނުހިމެނޭ ގޮތަށް ވެރިންގެ ޕާސްޕޯޓް މަނާކުރުމަށެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން އެދުނު ގޮތަށް ތާއީދުކޮށް މަޓާޓޯއިންވެސް އެދުނީ އެގޮތުގެ މަތީން އިސްރާއީލް ޕާސްޕޯޓް މަނާ ކުރުމަށެވެ. 

ކޮމެންޓް
ޢަހްމަދު
ޓޫ ފޯ ވަން ކޮމެޓީ އަކީ ވިޔަފާރި ޖަމްއިއްޔާ ކަމަށް ފެންނަނީ!
10 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.