ނަތަންޔާހޫ ކޯޓަށް ހާޒިރު ކުރަނީ: ފޮޓޯ/ ގޫގުލް
ދުނިޔެ
11 Mar 2025 | 10:10
އަނެއްކާވެސް ނަތަންޔާހޫ ކޯޓަށް ހާޒިރު ކޮށްފި

އިސްރާއީލްގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ކޮރަޕްޝަންގެ ދަޢުވާތަކާ ގުޅިގެން ތެލްއަވީވް ޑިސްޓްރިކްޓް ކޯޓަށް އަނެއްކާވެސް ހާޒިރުކޮށްފިއެވެ.

އިސްރާއީލްގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު އަލުން ފެށުނު ކޮރަޕްޝަން މައްސަލައިގެ ޝަރީޢަތުގައި ނަތަންޔާހޫ ކޯޓަށް ހާޒިރުވި 16 ވަނަ ފަހަރެވެ.

އިސްރާއީލްގެ އާމީ ރޭޑިއޯއިން ބުނާ ގޮތުގައި ނަތަންޔާހޫ އިތުރު 8 ޝަރީޢަތުގެ އަޑުއެހުމަށް ހާޒިރުވާން ޖެހޭނެއެވެ. އޭނާއާ ދެކޮޅަށް ކުރެވިފައިވާ ދަޢުވާތަކުން ދިފާޢުވުމަށް ކޯޓަށް ހާޒިރުވަނީ ހަފްތާއަކު ދެ ފަހަރުއެވެ.

ނަތަންޔާހޫއާ ދެކޮޅަށް 2019 ވަނަ އަހަރު ކުރެވުނު ވަކި ވަކި ތިން މައްސަލައިގެ ތެރޭގައި (ކޭސް 1000، ކޭސް 2000، އަދި ކޭސް 4000) ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތް، އަދި އިތުބާރާ ޚިލާފުވުމުގެ ދަޢުވާތައް ހިމެނެއެވެ. ނަމަވެސް ނަތަންޔާހޫ މި ހުރިހާ ދަޢުވާތަކެއް ދޮގު ކަމަށް ބުނެ އިންކާރުކުރެއެވެ.

2020 ވަނަ އަހަރުގެ މެއި 24 ވަނަ ދުވަހު ފެށުނު މި ޝަރީޢަތަކީ އިސްރާއީލްގެ ތާރީޚުގައި ވެރިކަމުގައި ހުރި ލީޑަރެއްގެ މައްޗަށް ހިންގޭ ފުރަތަމަ ޖިނާއީ ޝަރީޢަތެވެ. އިސްރާއީލްގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ކުށްވެރިވެއްޖެކަމަށް ނުނިންމާހާ ހިނދަކު ނަތަންޔާހޫ އިސްތިއުފާ ދޭކަށް ނުޖެހެއެވެ. މި މުޅި ޕްރޮސެސް ނިމުމަށް އެތައް މަހެއް ނަގާނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ޣައްޒާގައި އިސްރާއިލުން ހިންގި ގަތުލު އާއްމުގައި 48,500 މީހުން، ޝަހީދުކޮށްލާފައިވާތީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް އަށް ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދަޢުވާ އުފުލައި، އެ ދެމީހުން ހައްޔަރުކުރުމުގެ ވޮރަންޓް ނެރެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.