މާރުކެޓުގައި ވިއްކަން ބަހައްޓާފައިހުރި ކަރާތަކެއް... ފޮޓޯ: ވޮއިސް
ވިޔަފާރި
16 Mar 2025 | 15:37
ބާޒާރުގައި ކަރާގެ އަގަށް ދެން ވާނީ ކިހިނެތް؟

މިއަހަރުގެ ރޯދަމަސް ފެށިގެންއާއިރު ބާޒާރުގައި ކަރާ ކިލޯއެއް ވިއްކަމުންއައީ 30 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ދަތުރުވެރިންގެ މާރުކެޓުގައި ކަރާ ވިއްކަމުން އަންނަ އަގުތަކަށް ބަލާއިރު، މިއީ މާރުކޭޓަށް ކަރާ ގަންނަންދާ މީހުންނަށް ބޮޑު އަގަކަށް ވިނަމަވެސް ކަރާ ވިއްކާ މީހުންނަށް މިއީ ފަރުޖައްސާލެވޭ އަދި ހިތްހަމެޖެހޭ އަގެކެވެ. މިފަހަރުގެ ރޯދަމަސް ފެށިގެން ފުރަތަމަ 15 ދުވަސް ވީއިރުވެސް ދަތުރުވެރިންގެ މާރުކެޓުގައި މުޅިންވެސް ވިއްކަމުންދިޔައީ ދިވެހި ކަރައެވެ. 

ދަތުރުވެރިންގެ މާރުކެޓުގެ ގޮޅިތަކުން ވާހަކަދެއްކި ބައެއް މީހުން ބުނީ މިދިޔަ ދުވަސްތަކުގައި ބާޒާރުގައި މުޅިންވެސް ވިއްކަމުްނދިޔައީ ތޮއްޑޫއިން ގެންނަ ކަރަ އާއި ހައްދުންމަތިން ގެންނަ ކަރާ ކަމަށެވެ. އިއްޔެއާ ހަމަޔަށްވެސް ބާޒާރުގައި ބޭރު ކަރައެއް ނެތެވެ. ކަރާގެ އަގު ނުވެއްޓި އެއްވަރެއްގައި ހިފަހައްޓާލެވުނީ މިހެންވެއެވެ. އާއްމުގޮތެއްގައި ދަތުރުވެރިންގެ މާރުކޭޓުގައި ދިވެހި ކަރާގެ އަގު ވެއްޓުމަށް މަޖުބޫރުވަނީ އިންޑިއާއިން ކަރާ ގެނެސް ވިއްކާތީއެވެ.

ބާޒާރަށް އެންމެފަހުން އިންޑިއާ ކަރާ 

ރޯދަމަސް ފެށިގެން އިއްޔެއާ ހަމަޔަށް ބާޒާރުމަތިން އިންޑިއާ ކަރާ ފެންނަން ނެތްނަމެވެސް މިއަދު ބައެއް ގޮޅިތަކުން ވަނީ އިންޑިއާއިން ގެނައި ކަރާ ވިއްކަން ފަށާފައެވެ. އިންޑިއާއިން ކަރާ ގެނެސް ވިއްކަން ފެށުމާއެކު މިއަދު ބާޒާރުގައި ދިވެހި ކަރާގެ އަގު ހުރީ 20 ރުފިޔާ އާއި 22 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. އާއްމުކޮށް ގޮޅިން ވިޔަފާރިކުރާ މީހުނަށް 19 ރުފިޔާއަށްވެސް ލިބެއެވެ.

ބާޒާރުގެ އެކި ސަރަހައްދުތަކުން މިއަދު އިންޑިއާ ކަރާ ވިއްކަން ހުރިއިރު، އިންޑިއާ ކަރާ ކިލޯއެއްގެ އަގު މިއަދު ހުރީ ޖުމްލަގޮތެއްގައި 15 ރުފިޔާ އާއި 18 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. 

ބާޒާރުގައި ވިއްކަން ބަހައްޓާފައިހުރި އިންޑިއާ ކަރާތަކެއް... ފޮޓޯ: ވޮއިސް

ގޮޅިތަކުން ވާހަކަދެއްކި ބައެއް މީހުން ބުނީ، ކުރިއަށް އޮތްތަނުގައި ކަރާގެ އަގު ދާނީ ދަށްވަމުންކަމަށާއި، މިހާރު ދަތުރުވެރިންގެ މާރުކޭޓަށް ގިނަ އަދަދަކަށް ދިވެހި ކަރާގެ އިތުރުން އިންޑިއާ ކަރާ ގެންނަން ފަށާފައިވާކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އިންޑިއާ ކަރާ ކިލޯއެއް 12 ރުފިޔާ އަދި ދިވެހި ކަރާގެ އަގު 18 ރުފިޔާއަށް ވެއްޓޭނޭކަމަށް ލަފާކުރެވޭކަމަށް ގޮޅިތަކުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަންހުރި ދިވެހި ކަރާގެ ބާވަތްތައްވެސް ގިނައެވެ. 

ބާޒާރުގައި ވިއްކަން ބަހައްޓާފައިހުރި އޮރެންޖު އަދި ރަން ކަރާތަކެއް... ފޮޓޯ: ވޮއިސް

ދަތުރުވެރިންގެ މާރުކޭޓަށް ބޭރު ކަރާ ގެންނަން ފަށާފައިވާއިރު، ރޯދަމަހަށް އިންޑިއާ ކަރާ ޝިޕްމަންޓެއް ގެނައި ނަމަވެސް ބާޒާރަށް ނުނެރެވި އުޅެނިކޮށް ކަރާތައް ވަނީ ހަލާކުވެގެން ނައްތާލާފައެވެ.

އިންޑިއާއިން ރޯދައަށް ގެނައި ކަރާތަކެއް ހަލާކުވެފައި.. ފޮޓޯ: ވޮއިސް

ރޯދަމަސް ފެށުނުއިރު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިގެންދިޔައީ ބޭރުން ގެންނަ ކަރާ ނުލިބުމުންނެވެ. 

ނަމަވެސް ކުރިއަށްއޮތް ދުވަސްތަކުގައި އިންޑިއާ ކަރާ ބާޒާރަށް ނެރެން ފެށުމާއެކު ކަރާގެ އަގުތައް ވަރަށްބޮޑަށް ދަށަށްދާނޭކަމަށް ވިޔަފާރިވެރިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.