ދަނޑެއްގައި މީހަކު މާޖައްސަނީ... ފޮޓޯ/ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން
ހަބަރު
17 Mar 2025 | 22:30
ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަންކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ!

ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަންކުރާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އެގްރިކަލްޗާ މިނިސްޓްރީން ބުނީ، ރާއްޖޭގައި ވިޔަފާރި އުސޫލުން ދަނޑުވެރިކަމުގައި ހަރަކާތްތެރިވެ އުޅޭ ފަރާތްތައް ދެނެގަތުމަށްޓަކައި ދަފްތަރެއް އެކުލަވާލުމަށް ނިންމާފައިވާކަމަށެވެ. އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދަފްތަރު އެކުލަވާލުމަށް މައުލޫމާތު ނެގުމަށް ހަމަޖެހިފައިވަނީ، ދަނޑުވެރިކަމުގެ އެކި ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ މީހުންގެ ކަމަށެވެ.

މިގޮތުން މީގެ ތެރޭގައި ހިމެނެނީ ވިޔަފާރި އުސޫލުން ދަނޑުހައްދާ ފަރާތްތަކާއި، ކުދިޖަނަވާރު އަދި ކުކުޅު ގެންގުޅޭ ފަރާތްތަކުގެ އިތުރުން ގަސް ހައްދާ ވިއްކާފަރާތްތައް ކަމަށެވެ. މީގެ އިތުރުން ވިޔަފާރި އުސޫލުން މިފަދަ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ މައުލޫމާތު ނެގުމަށްވެސް ވަނީ ނިންމާފައެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ދަފްތަރުވާން އެދޭ ފަރާތްތަކުން އަންނަ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޯމް ފުރުމަށްފަހު މިނިސްޓްރީއަށް މެއިލްކުރުން އެދޭކަމަށެވެ. 

މި ދަފްތަރު އެކުލަވާލުމުގައި މިވަގުތު މީހުން ދިރިއުޅޭ ރަށްތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ އަމިއްލަ ފަރުދުން ނުހިމެނޭކަމަށްވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
އަތަފަަނި
ތިޔަ އުޅެނީ ދަނޑުވެރިން އަތުން ޖީ އެސް ޓީ .. ބަލަންތިބެމާ!!!
18 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.