ފިތުރު ޒަކާތް ބަލައިގަތުން؛ ފޮޓޯ/ ޒަކާތު ހައުސް
ހަބަރު
18 Mar 2025 | 10:06
ރޯދަމަހު ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 2.91 މިލިއަން ރުފިޔާ؛ މިދިޔަ އަހަރަށްވުރެ %81 އިތުރު!

މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ 10 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 2.91 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާ މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު 81 އިންސައްތަ އިތުރު އަދަދެއް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްއިން 2021އިން ފެށިގެން މި އަހަރާ ހަމައަށް، ކޮންމެ ރޯދަމަހެއްގެ ފުރަތަމަ 10 ދުވަހު އޮންލައިންކޮށާއި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ބަލައިގެންފައިވާ ޒަކާތުގެ ތަފާސްހިސާބު މީސްމީޑިއާގައި  އާންމުކޮށްފައިވާއިރު، ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ދައްކާފައިވަނީ 1.60 މިލިއަން ރުފިޔާއެވެ. އެހެންކަމުން، މިދިޔަ އަހަރާއި އަޅައިބަލާއިރު މިއަހަރު އެ މުއްދަތުގައި 1.31 މިލިއަން ރުފިޔާ އިތުރަށް ވަނީ ލިބުފައެވެ. މިއީ 81.98 އިންސައްތައިގެ އިތުރުވުމެކެވެ.

މީގެ އިތުރުން، ޒަކާތު ހައުސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ދެހާސް ތޭވީސް ވަނަ އަހަރުގެ އެ މުއްދަތުގައި ޒަކާތުގެ ގޮތުގައި ދައްކާފައި ވަނީ 1.39 މިލިއަން ރުފިޔާއެވެ. އަދި 2022 ވަނަ އަހަރު އެ މުއްދަތުގައި 1.09 މިލިއަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކާފައި ވާއިރު 2021 ވަނަ އަހަރު ދައްކާފައި ވަނީ 977،301 ރުފިޔާއެވެ.

މިމަހު 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި އަތޮޅުތަކުގައި ފިތުރު ޒަކާތް ބަލައިގަންނަމުންދާއިރު، އޮންލައިންކޮށް ޒަކާތް ދެއްކުމުގެ ފުރުސަތު އެކި ޕްލެޓްފޯމް ތަކުން ވަނީ ހުޅުވާލާފައެވެ.

އެގޮތުން އޮންލައިން ކޮށް ޒަކާތް ދެއްކޭ ޕްލެޓްފޯމް ތަކަކީ؛

* އުރީދޫ އެމްފައިސާަ އަދި އެސްއެމްއެސް މެދުވެރިކޮށް

https://ore.do/zakat

* ބަނޑޭރި ޕޯޓަލްޮ

https://bp.finance.gov.mv/

* ބީއެމްއެލް ވެބްސައިޓުން

https://zakaaiy.bankofmaldives.com.mv/

* ފަހިޕޭ އެޕްލިކޭޝަން

https://fahipay.mv/zakat/

* މޯލްޑިވްސް އިސްލާމިކް ބޭންކު

https://faisanet.mib.com.mv/charity/pay?rt=Fitr%20Zakat&campaignId=1

* ދިރާގުޕޭ ވެބްސައިޓް އަދި އެސްއެމްއެސް މެދުވެރިކޮށް

ފިތުރު ޒަކާތުގެ ގޮތުގައި ނެރެންޖެހޭ ބާވަތްތަކާއި އަގުތައް:

– އާދައިގެ ހަނޑޫ: މީހަކަށް 12 ރުފިޔާ.

– ތައިލެންޑް ހުދު ހަނޑޫ: މީހަކަށް 62 ރުފިޔާ.

– ރަތް ހަނޑޫ: މީހަކަށް 86 ރުފިޔާ.

– އާދައިގެ ބާސްމަތީ ހަނޑޫ: މީހަކަށް 74 ރުފިޔާ.

– މޮޅު ބާސްމަތީ ހަނޑޫ: މީހަކަށް 100 ރުފިޔާ.

– އެންމެ މޮޅު ބާސްމަތީ ހަނޑޫ: 133 ރުފިޔާ.

– އާދައިގެ ފުށް: މީހަކަށް 10 ރުފިޔާ.

– އާޓާ ފުށް: 75 ރުފިޔާ.

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެރަށެއްގައި ބަނޑު ކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯ އެވެ. ނުވަތަ ކިލޯއަށްވާ ފައިސާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.