ނަޝީދު އިންޑިޔާ ނޫހަށް ބަސްދީގަތުން ދެނީ-
ހަބަރު
18 Mar 2025 | 13:44
ޗައިނާ-ރާއްޖެ ފްރީޓްރޭޑް އެއްބަސްވުމުން ރާއްޖެއާއި އިންޑިޔާއަށްވެސް ވާނެ ފައިދާއެއް ނެތް: ރައީސް ނަޝީދު

ޗައިނާ-ރާއްޖެ ފްރީޓްރޭޑް އެއްބަސްވުން (އެފްޓީއޭ) ގެ ސަބަބުން ދިވެހިރާއްޖެއަށާއި އަވަށްޓެރި ގައުމުތަކަށް، ޚާއްސަކޮށް އިންޑިޔާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އިންޑިޔާގެ ނޫހަކަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި، ނަޝީދު ވަނީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ޗައިނާ ރާއްޖެ އެފްޓީއޭއާ ގުޅޭގޮތުން އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް ހިއްސާ ކުރައްވާފައެވެ. 

އެގޮތުން ނަޝީދު ވިދާޅުވީ، އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ވަރަށް ކަންބޮޑުވެލައްވާ ކަމެއް ކަމަށެވެ. އެހެނީ އެއިން ރާއްޖެއާއި އިންޑިޔާއަށް އެއްވެސް ފައިދާއެއް ކުރާތަން އެމަނިކުފާނަށް ފެނުވަޑައިނުގަންނަވާ ކަމަށެވެ. 

”އެހެންކަމުން އަޅުގަނޑު ބޭނުންވަނީ ދިވެހި ސަރުކާރުން މިކަމާ ގުޅޭގޮތުން އިންޑިޔާއާއިއެކު މަޝްވަރާކޮށް ހައްލެއް ހޯދުމަށް“ ނަޝީދު ވިދާޅުވުއެވެ. 

މިއާއެކު ނަޝީދު ވަނީ، އެފްޓީއޭ އެއްބަސްވުމުން 2018 ވަނަ އަހަރުވެސް އޮތްކަން ފާހަގަކުރައްވައި ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެއަށް އަމަލުކުރަން ނުފެށި އޮތީ ސަބަބުތަކެއް އޮވެގެންކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ބޮޑަށް ފައިދާވާނީ ޗައިނާއަށް ކަމަށެވެ. އެހެނީ، ރާއްޖެއިން ޗައިނާއަށް ބޭރުކުރަނީ ވަރަށް މަދު ބާވަތްތަކެއް ކަމަށާ ނަމަވެސް ޗައިނާއިން ރާއްޖެއަށް ވަރަށް ގިނަ މުދާ އެތެރެކުރާ ކަމަށެވެ.  އެހެންކަމުން، ރާއްޖެއިން ބޭރުވާ ފައިސާ އިތުރުވެގެންދާނެ ކަން ނަޝީދު ފާހަގަކުރެއްވިއެވެ. 

” އަޅުގަނޑަށް ޔަގީން މި އެއްބަސްވުމަކީ އިންޔާ ސަރުކާރުގެވެސް ކަންބޮޑުވުން އޮތް އެއްބަސްވުމެއް. އަދި ދިވެހި ސަރުކާރުން އެ އެއްބަސްވުމަށް އަމަލުކުރަން އެ ގައުމުން ބޭނުމެއްވެސް ނުވާނެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް އިންޑިޔާއާ އެކު މަޝްވަރާ ކުރާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން. “ ނަޝީދު ވިދާޅުވިއެވެ. 

ރާއްޖެއިން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގަައި ސޮއިކުރީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެއް ނުވެއެވެ. އެއަށް އަމަލުކުރަން ފެށީ މި ސަރުކާރުން މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.