ދިވެހިންގެ އެހީއާއެކު އައިއޭސީން އެޅި ގެތައް... ފޮޓޯ: އައިއޭސީ
ހަބަރު
18 Mar 2025 | 15:45
ޕާކިސްތާނުގައި ފެންބޮޑުވި ހާދިސާގައި ހާލުގައިޖެހުނު މީހުންނަށް ދިވެހިންގެ އެހީގައި އެޅި 32 ގެ އައިއޭސީން ހަވާލުކޮށްފި

ޕާކިސްތާނުގައި 2022 އަހަރު ހިނގާދިޔަ ފެންބޮޑުވި ހާދިސާގައި ހާލުގައިޖެހުނު މީހުންނަށް ދިވެހިންގެ އެހީގައި އެޅި 32 ގެ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ޖަމިއްޔާއިން ހަވާލުކޮށްފިއެވެ.

އައިއޭސީން އެ ގެތަށް އެޅުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއަށްފަހު އެ ސަރަހައްދަށް ޒިޔާރަތްކޮށް ހާލަތުބަލައި، ދިރާސާކުރުމަށްފަހުއެވެ. ދިވެހިންގެ ދީލަތި އެހީތެރިކަމާއެކު އައިއޭސީން މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވަނީ އަލް ހައިރާ ގުޅިގެން ޕާކިސްތާނުގެ ޕަންޖާބުގެ އިހްސާން ޕޫރުގައެވެ. އެ އަވަށަކީ މޮޑެލް ވިލެޖެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ހިސާބެކެވެ.

އައިއޭސީން ބުނީ 32 އާއިލާއަށް މި ގެތަށް ހަދިޔާކުރީ މި ރޯދަމަހުގެ ތެރޭގައެވެ. މިއިން ކޮންމެ ގެއެއްގައި 5 ކާއި 7 ކާ ދެމެދުގެ އަދަދަކަށް މީހުން އުޅޭއިރު، މި ގެތަށް ހަދާފައިވަނީ އެތަނުގައި ދިރިއުޅޭ މީހުން އެންމެ ބޭނުންވާ ގޮތަށް ބަލައިގެންކަމަށް އައިއޭސީން ބުނެއެވެ. މި ގެތައް ހަދާފައިވަނީ، ކޮންމެ ގެއަކަށް ވަކިން ފެންވަޅަކާއި، ދެ ކޮޓަރި ހިމަނައި ފާހާނާ ކުރެވޭގޮތަށެވެ. މީގެ އިތުރުން ކޮންމެ ގެއެއްގައި ވަނިކް ހުސްތަންކޮޅެއް އޮވެއެވެ.

ދިވެހިންގެ އެހީގައި އައިއޭސީން ޕާކިސްތާނުގައި ހެދި ގެތައް... ފޮޓޯ: އައިއޭސީ

އައިއޭސީން ބުނީ މި ގެތަށް ހަދިޔާކުރީ އެމީހުން އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުން ބިނާކުރުމުގެ މަޤްސަދުގައި ކަމަށާއި، މިއީ މި ރަމަޟާންމަހު އެމީހުންނަށް ލިބުނު އެންމެ ބޮޑު ހަދިޔާކަމަށެވެ.

"ގެތައް ލިބުނު މީހުން ތިބީ ވަރަށް އުފާވެފައި. އަދި ދިވެހިންގެ ފަރާތުން މި ލިބުނު ހަދިޔާ އެމީހުން ބަލައިގަތީ ވަރަށް އުފާވެފައިތިވެ، ޝުކުރުވެރިވާ ހާލުގައި" ވޮއިސްއަާ މައުލޫމާތު ހިއްސާކުރަމުން އައިއޭސީގެ އޮފިޝަލަކު ވިދާޅުވިއެވެ.

ދިވެހިންގެ އެހީގައި އައިއޭސީން ޕާކިސްތާނުގައި ހެދި ގެތައް... ފޮޓޯ: އައިއޭސީ

ޕާކިސްތާނަށް 2022 ވަނަ އަހަރު ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން 33 މިލިއަނަށްވުރެ ގިނަ މީހުންނަށް އެކަމުގެ އަސަރުތައް ކުރިއިރު، 1،800 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. މި ހާދިސާގައި 9 މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުކަމަށް ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
Ahmed Rasheed
ކޮބައިހޭ އޮޑިޓް ރިޕޯޓް. ހަރަދުވީ ކިހާވަރެއްހޭ. އޮފީސް ހިންގުމަށް ކަމަށްބުނެ ނަގަނީ ކިހާ ފައިދާއެއް ހޭ ؟ މީ ހަރަދު ކުރި ދިވެހިން ބޭނުންވާނެ ޖަވާބެއް.
18 Mar 2025
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް